ހއ ދިއްދޫ ކަށުކަމާކެމީގެ ކަންތައްތައް ދަސްކޮށްދިނުމަށް ޖަނާޒާ ޕްރޮގްރާމެއް ބާއްވައިފިއެވެ.

ދިއްދޫ ކައުންސިލުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނިގޮތުގައި މި ޕްރޮގްރާމަކީ އެ ކައުންސިލާއި، އަދި އެރަށު ކީރިތި ގުރުޢާނާއި ބެހޭ މަރުކަޒު ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

Ad
d

ދިއްދޫ ކައުންސިލުން ބުނީ މި ޕްރޮގްރާމްގައި އެރަށުގެ ކައުންސިލަރުން ގެ އިތުރުން އެކި އުމުރުފުރާގެ ބޭފުޅުން ބައިވެރި ވެފައިވާކަމަށެވެ.

ދިއްދޫގައި ކުރިއަށް ދިޔަ ޖަނާޒާ ޕްރޮގްރާމްގެ ތެރެއިން، ފޮޓޯ: ދިއްދޫ ކައުންސިލް

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 6 އިން 8 އަށް ދެ ދުވަހުގެ މުއްދަތަކަށެވެ.

Ad
df

މިފަދަ ޕްރޮގްރާމެއްގައި ކައުންސިލަރުން ބައިވެރިވެ ތަމްރީނުވުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ. އެއީ، ރަށްރަށުގެ ވެރިން މިފަދަ މުހިންމުކަންކަމަށް އަހުލުވެރިވެ ތަމްރީންވުމަކީ މުޖުތަމަޢަށްދެވޭ ރީތި މެސެޖެއްކަމުގައި ވުމާއި، ވެރީންނަށް މިބާވަތުގެ ދީނީ ކަންކަން ރޯފިލާފައި ތިބުމަކީ މުޖުތަމައުގެ ޚިދުމަތަށް ވެސް ބޭނުންތެރިކަމަކަށްވާތީއެވެ.