‏ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ދާއިރާތަކުގެ ސްޓިއަރިންގް ކޮމިޓީތަކުގެ އިންތިޚާބު ފެށިގެން ކުރިއަށް އެބަދެއެވެ.

ޕީއެންސީން ބުނިގޮތުގައި މި އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު 9:00 ގައި ވަނީ ފަށާފައެވެ. އަދި ހަވީރު 4:00 އާހަމައަށް ވޯޓުލުން ކުރިއަށް ދާނެކަމަށް އެ ޕާޓީން ބުންޏެވެ.

Ad
rt

މި އިންތިހާބު 131 ރަށު ދާއިރާއެއްގައި ކުރިއަށް ދާއިރު، މި ދާއިރާތަކުގެ މަގާމުތަކަށް 2،000 އަށްވުރެ ގިނަ މެމްބަރުން އިންތިޚާބުކުރާނެކަމަށް ޕީއެންސީން ކުރިން ވަނީ ބުނެފައެވެ.

ޕީއެންސީގެ ދާއިރާތަކުގެ ސްޓިއަރިންގް ކޮމިޓީތަކުގެ އިންތިޚާބުގައި މާލޭގެ މެމްބަރުންނަށް ވޯޓުލުމަށް ހާއްސަކޮށްފައި ވަނީ އަމީނިއްޔާ ސްކޫލްގައި ބަހައްޓާފައިވާ ފޮއްޓަށެވެ. އަދި މާލޭގައި ދިރިއުޅޭ ރަށްރަށު މީހުން އެމީހުންގެ ދާއިރާތަކަށް ދޭ ވޯޓު ލުމަށް އިސްކަންދަރު ސްކޫލްގައި ވަނީ ފޮށިތައް ބަހައްޓާފައެވެ،

މި އިންތިޚާބުގައި ވިލިމާލެ ފޮށި މުހިއްޔިއްދީން ސްކޫލްގައި ބަހައްޓާއިރު ހުޅުމާލެ ފޮށި ހުންނާނީ ރެހެންދި ސްކޫލްގައެވެ.

މި އިންތިޚާބުގައި ދާއިރާގެ ރައީސުން ހޮވާނީ ޕާޓީގެ މަޖިލިސް މެމްބަރުން ނެތް ދާއިރާތަކަށް އެކަންޏެވެ. މަޖިލިސް މެމްބަރުން ތިއްބެވި ދާއިރާތަކުގެ ރައީސުންގެ މަގާމު ފުރުއްވާނީ އެ މެމްބަރުންނެވެ. ނަމަވެސް "ޕާޓީގެ އަސާސީ ގަވާއިދާ ހިލާފުވާ މެމްބަރުން މަގާމުން ވަކިކުރުމުގެ ބާރު ޕާޓީގެ ލީޑާޝިޕަށް އޮންނާނެ" ކަމަށް ޕީއެންސީން ވަނީ ބުނެފައެވެ.