މިއަދު ކުރިއަށް ދިޔަ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރަށްވައިފިއެވެ.
''ބޮޑު ބަދަލު'' ޝިއާރުގެ ދަށުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާއިލް (ފަޔާ)ގެ ޓީމާއި ނަޝީދު ޓީމު އެއް ޓީމެއްގެ ގޮތުގައި ނުކުމެ މި އިންތިޚާބު ކާމިޔާބުކޮށްފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ''އިތުބާރު'' ޓީމު ބަލިކޮށްގެންނެވެ. އިތުބާރު ޓީމުގެ ކެންޑިޑޭޓަކީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާލް އަހްމަދު ނަސީމެވެ.
މި އިންތިހާބުގައި ބަހައްޓާފައިވާ 241 ވޯޓު ފޮށީގެ ތެރެއިން 116 ފޮށީގެ ނަތީޖާ މިހާރު ވަނީ ލިބިފަ އެވެ. އެ ފޮށިތަކުން ނަޝީދަށް 6،600 އަށް ވުރެ ގިނަ (69 އިންސައްތަ) ވޯޓު ލިބިފައިވާއިރު މީކާއިލްއަށް މީހާތަނަށް ލިބުނީ، ގާތްގަނޑަކަށް 3،000 ވޯޓު (30 އިންސައްތަ) ވޯޓެވެ.
ނަޝީދުގެ މި ކާމިޔާބަށް ރައީސް ސޯލިހާއި މީކާއީލް ވެސް ވަނީ މަރުޙަބާ ކިޔާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!