ވ. އަތޮޅުގައި އޮތް ސަފާރީއަކުން ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ ފަސް ފަތުރުވެރިން ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި، ވ. އަތޮޅުގައި އޮތް ސަފާރީއަކުން ޑައިވިނަށް ދިޔަ ފަސް މީހަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ 2026 މެއި 14 ވަނަ ދުވަހުގެ މެންދުރުފަހު 13:45 އެހައިކަންހާއިރުއެވެ. މި ރިޕޯޓާ ގުޅިގެން އެމީހުން ހޯދުމުގެ އޮޕަރޭޝަނެއް ވަނީ ވަގުތުން ފަށާފައެވެ.
ގެއްލުނު މީހުން ހޯދުމަށް ކުރި މަސައްކަތުން، ގެއްލުނު ފަސް މީހުންތެރެއިން އެކަކު ވަނީ ފެނިފައެވެ. އެމީހާ، ފެނުނުއިރު ވަނީ މަރުވެފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ފުލުހުން އިތުރަށް ބުނީ، މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ލިބެމުންދާ ވަރަކަށް އާންމުންނާ ހިއްސާކުރަމުންދާނެ ކަމަށެވެ.
* ނޯޓު: މި ޚަބަރު ފުރަތަމަ ގެނެސްދިން އިން ފަސް ފަތުރުވެެރިން ގެއްލިގެން ހޯދަނިކޮށް މަރުވެފައި އޮއްވާ ފެނުނުކަމަށް ރިޕޯޓުކޮށްފައި ވަނީ މިރޭ 19:04 ގައި ފުލުހުން މީޑިއާތަކަށް ދިން މައުލޫމާތާއި އެއްގޮތަށެވެ. ނަމަވެސް މިރޭ 20:04 ގައި ފުލުހުން ވަނީ ކުށެއްގެ އިސްލާހްގެ ގޮތުގައި، މި ހާދިސާގައި ގެއްލިފައިވާ އެންމެން ފެނިފައިވާކަމަށް ބުނެފައިވަނީ ހޯދުމުގެ މަސައްކަތް ކުރުމުން ދިޔަ މީހުންނަށް އެރި އޮޅުމަކުން ކަމަށް މީޑިއާތަކަށް މައުލޫމާތު ދީފައެވެ. އަދި ފެނިފައިވަނީ އެކަކު ކަމަށާއި، އެހެންމީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް މައުލޫމާތު ދީފަވެއެވެ. އެހެންވެ އަލުން އެގޮތަަަަށް ޚަބަރު އިސްލާހްކުރެވިފައި ވާވާހަކަ ދަންނަވަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!