ށ. ފުނަދޫގެ މަސްވެރިންނަށް ކުރިމަތިވެފައިވާ ތަފާތު ގޮންޖެހުންތަކާއި ކަންބޮޑުވުންތަކަށް އެކަށީގެންވާ ހައްލެއް ހޯދައިދިނުމާ ގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްއާއެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ށ. ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙްގެ އިތުރުން، އެ ރަށު ކައުންސިލްގެ އިންތިޚާބީ ރައީސް މުޙައްމަދު އާދިލް ބައިވެރިވެލެއްވިއެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނިގޮތުގައި މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ފުނަދޫގެ މަސްވެރިކަމުގެ ދާއިރާއަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކާއި، މަސްވެރިންގެ ފަރާތުން ހުށަހަޅާފައިވާ ކަންބޮޑުވުންތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމެވެ.
ވަޒީރު އަޙްމަދު ޝިޔާމް، ރައްޔިތުންގެ މަޖިލީހުގެ ށ. ފުނަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު މުޙައްމަދު މަމްދޫޙްއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ށ. ފުނަދޫ ކައުންސިލްގެ އިންތިޚާބީ ރައީސް މުޙައްމަދު އާދިލްވެސް ބައިވެރިވެވަޑައިގަތެވެ.
މި ބައްދަލުކުރެއްވުމުގައި، ފުނަދޫ… pic.twitter.com/VCu6aswJta
— Min of Fisheries, Agriculture and Ocean Resources (@MFAORmv) May 7, 2026
މިގޮތުން، ރަށުގެ މަސްވެރިންނަށް ދިމާވާ ގޮންޖެހުންތަކަށް ދާއިމީ އަދި އެކަށީގެންވާ ހައްލުތަކެއް ހޯދައިދިނުމާ ގުޅޭގޮތުން ދެ ފަރާތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުންޏެވެ.
މީގެއިތުރުން، ފުނަދޫ ދާއިރާގެ މަސްވެރިކަން މިހާރަށްވުރެ ހަރުދަނާކޮށް، ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ޚިޔާލު ބަދަލުކުރެވުނު ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!