ފުނަދޫ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ވަޒީރު ޝިޔާމްއާއެކު މަޝްވަރާކޮށްފި
ށ. ފުނަދޫގެ މަސްވެރިންނަށް ކުރިމަތިވެފައިވާ ތަފާތު ގޮންޖެހުންތަކާއި ކަންބޮޑުވުންތަކަށް އެކަށީގެންވާ ހައްލެއް ހޯދައިދިނުމާ ގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްއާއެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. މަސްވެރިކަމާ ބެހޭ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ށ. ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙްގެ އިތުރުން، އެ ރަށު ކައުންސިލްގެ އިންތިޚާބީ ރައީސް މުޙައްމަދު އާދިލް ބައިވެރިވެލެއްވިއެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނިގޮ...