ހދ. ހަނިމާދޫ އާއި ހއ. ހޯރަފުށީގައި ސްވިމިންގ ޓްރެކް ޕްލެޓްފޯމްއެއް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އިން އަލުން އިޢުލާންކޮށްފިއެވެ.

މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީން ކުރިން ކުރި އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބީލަންތަކުގެ އަގުތައް، އަންދާޒާކުރި އަގަށްވުރެ ބޮޑުވުމުން އެ އިޢުލާން ވަނީ ބާޠިލްކޮށްފައެވެ. އެހެންކަމުން، މިނިސްޓްރީން މިހާރު ވަނީ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލާފައެވެ.

Ad
rt

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 05 މޭ 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް އޮންލައިން ފޯމު މެދުވެރިކޮށް ބިޑް ރަޖިސްޓްރީ ކުރަންޖެހެއެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގެ ތެރޭގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ރަޖިސްޓްރީވާ ފަރާތްތަކަށް ބީލަމާ ގުޅޭ އިތުރު މަޢުލޫމާތުތައް 06 މޭ 2026 ގައި ހިއްސާކުރާނެއެވެ.

ބީލަންތައް ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 14 މޭ 2026 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި ވެލާނާގެ ތިންވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓްގެ އޮފީހުގައެވެ.