ސ. ހުޅުދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ، (އެމްޓީސީސީ)އާއި ހަވާލު ކޮށްފިއެވެ.
ޕްލޭނިންގް މިނިސްޓްރީން މި މަސައްކަތް އެމްޓީސީސީ އާއި ހަވާލު ކުރީ މިއަދު ޕްލޭނިންގް މިނިސްޓްރީގައި މި ކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
ޕްލޭނިންގް މިނިސްޓްރީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދު އެވެ. އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.
ޕްލޭނިންގް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި އެމްޓީސީސީއާއި މިއަދު ހަވާލު ކުރެވުނު މި މަސައްކަތަކީ ޖުމުލަ -/65،134،884.09 ރުފިޔާގެ މަޝްރޫޢުއެކެވެ. އަދި މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 375 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށް ޕްލޭނިންގް މިނިސްޓްރީން ބުނެއެވެ. މިއީ މިސަރުކާރުން ހިންގާ 50 ވަނަ ބަނދަރުގެ މަޝްރޫޢު ކަމަށްވެސް ޕްލޭނިންގ މިނިސްޓްރީއިން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!