ރާއްޖޭގެ ފުޓްބޯލައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ މެޗުތައް މިއަދު ފަށާނެއެވެ.

ނޯތު ރީޖަން ލީގުގެ ކޮލިފައިންގައި މިއަދު ކުޅޭ މެޗުގައި ބައްދަލުކުރާނީ ހއ. އަތޮޅުގެ ޗެމްޕިއަން ދިއްދޫ އާއި ހދ. އަތޮޅުގެ ޗެމްޕިއަން ކުޅުދުއްފުށީ ސިޓީއެވެ.

Ad
rt

މި ރީޖަންގެ މެޗުތައް ކުޅޭނީ ހއ.ގެ ވެރިރަށް ދިއްދޫގައެވެ. ދިއްދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ދެ ޗެމްޕިއަންގެ ކުރިމަތިލުން އޮންނަ މެޗު ފަށާނީ ހަވީރު 16:00 ގައެވެ.

ހއ. އަތޮޅުގެ ރަނަރަޕް އިހަވަންދޫ ނޯތު ރީޖަން ކޮލިފައިން އިން ވަކިވެފައިވާތީ މި ކޮލިފައިންގައި ކުޅޭނީ ތިން ޓީމެވެ. ތިންވަނަ ޓީމަކީ ހދ. އަތޮޅުގެ ރަނަރަޕް ހަނިމާދޫއެވެ.

ނޯތު ރީޖަންގެ މެޗުތައް

  • 21 އޭޕްރިލް: ދިއްދޫ - ކުޅުދުއްފުށީ ސިޓީ
  • 23 އޭޕްރިލް: ކުޅުދުއްފުށީ ސިޓީ - ހަނިމާދޫ
  • 25 އޭޕްރިލް: ދިއްދޫ - ހަނިމާދޫ
  • 28 އޭޕްރިލް- ފައިނަލް: ގްރޫޕްގެ 1 - ގްރޫޕްގެ 2 ވަނަ

އެފްއޭއެމްގެ އެޓޯލް ޗެމްޕިއަންޝިޕް 2025/26 މިދިޔަ އަހަރު ނިންމާލާފައިވާއިރު، މި މުބާރާތް ކުރިއަށް ގެންދިޔައީ ރާއްޖޭގެ އަތޮޅުތެރޭގެ ތިން ސަރަހައްދެއް ޒޯންތަކަށް ބަހާލައިގެންނެވެ. މި މުބަރާތުގައި މުޅި ޖުމްލަ 47 ޓީމެއް ބައިވެރިވެފައިވާއިރު، މި މުބާރާތުގައި އުތުރު ރީޖަން ޒޯން އިން ހދ އަތޮޅުން 4 ރަށަކުން ބައިވެރިވިއެވެ. ހއ. އަތޮޅުން ބައިވެރިވެފައިވަނީ 2 ރަށެވެ. އަދި ށ. އަތޮޅުގެ އެއްވެސް ރަށަކުން މި މުބާރާތެއްގައި ބައިވެރިވެފައެއް ނުވެއެވެ.