މާލޭގައި ރަހުމް ކުޑަ ގޮތަކަށް އަންހެނަކު މަރާލި މައްސަލާގައި ދައުވާލިބޭ ސާހިލް އަލީ ތިން އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މާލޭގެ ގެއެއްގެ ތެރޭގައި 2023 ވަނަ އަހަރު ޝިއާއު މުހައްމަދު ސައީދު މަރާލުމަށް ފަހު، އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިނުމުގެ ތުހުމަތުގައި ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ކުރެ އެވެ.
ސިއްރުކޮށްގެން ގެންދާ އެ ޝަރީއަތުގައި އޭގެ ތެރެއިން ދެ ދައުވާއެއް ސާބިތުވާތީ، އޭނާ ތިން އަހަރާއި އެއް މަހާއި ހަ ދުވަހަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ.
ބާކީ އޮތް ތިން ދައުވާގެ ހުކުމް މިހާތަނަށް ނީއްވަ އެވެ.
އެ މައްސަލާގައި ސާހިލް ހައްޔަރުކުރީ ކުށުގެ ވެށިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!