ވ. ފުލިދޫގައި މޫދަށް އެރިއުޅުނު ދެ ކުއްޖަކު އޮޔާދަނިކޮށް އެ ކުދިން ސަލާމަތްކުރުމަށް މަސައްކަތް ކުރި މީހަކު މިއަދު ނިޔާވެއްޖެއެވެ.
ފުލުހުން މިރޭ ބުނިގޮތުގައި، ފުލިދޫގައި މޫދަށް އެރިއުޅެނިކޮށް އޮޔާދިޔަ ދެ ކުއްޖަކު ސަލާމަތް ކުރުމަށް މަސައްކަތްކުރި މީހަކު ހާލު ދެރަވެގެން އެރަށު ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރުފަހު 15:10 އެހައިކަންހާއިރުއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ 63 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާ ނިޔާވެފައިވަނީ ފުލިދޫ ހެލްތު ސެންޓަރުގައި ފަރުވާދެމުން ދަނިކޮށް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން އެ އިދާރާއިން މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!