ށ. ކޮމަންޑޫ ޞިއްޙީ މަރުކަޒުގައި ޑައިލިސިސްގެ ޚިދުމަތް ފަށައިފިއެވެ.
މި ޚިދުމަތް ފެށުމަށް ކޮމަންޑޫ ސިއްހީ މަރުކަޒުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، މި ޚިދުމަތް ފައްޓަވައިދެއްވީ ސިއްހަތާ ބެހޭ ވަޒީރު ޢަބުދުﷲ ނާޒިމެވެ.
ކޮމަންޑޫ އިން މި ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިދެއްވާފައިވާތީ، ކޮމަންޑޫ ޞިއްޙީ މަރުކަޒުން ވަނީ ސަރުކާރަށް ޝުކުރު އަދާކޮށްފައެވެ.
ކޮމަންޑޫ ޞިއްޙީ މަރުކަޒުގައި ޑައިލިސިސްގެ ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު ވަޒީރާއި ހެލްތްގެ އިސްވެރިން ޑައިލިސިސްގެ ޚިދުމަތްދޭ ރޫމް ބައްލަވައިލައްވަނީ، ފޮޓޯ: ހެލްތް މިނިސްޓްރީ
ޑައިލިސިސްގެ ޚިދުމަތް ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު ވަޒީރު ވަނީ ޑައިލިސިސްގެ ޚިދުމަތްދޭ ކޮޓަރި ބައްލަވާލައްވާފައެވެ.
ކޮމަންޑޫ ޞިއްޙީ މަރުކަޒުގައި ޑައިލިސިސްގެ ޚިދުމަތް އެއްފަހަރާ ދެ ބަލިމީހުންނަށް ދެވޭނެއެވެ.
މި ރަސްމިއްޔާތަށްފަހު ވަޒީރު ވަނީ ކޮމަންޑޫ ޞިއްޙީ މަރުކަޒުގެ އިސްވެރިންނާ ބައްދަލުކުރައްވާ، ޞިއްޙީ މަރުކަޒުގެ ހާލަތު އޮޅުންފިލުވާ، ޞިއްޙީ ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތައް ހައްލުކުރުމާ ގުޅޭގޮތުން މަަޝްވަރާކުރަށްވާފައެވެ.
ވަޒީރު ނާޒިމް އިއްޔެ ވަނީ ށ. މިލަންދޫ ސިއްހީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތް ވެސް ފައްޓަވައިދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!