ދ. މާއެނބޫދޫ ބަނދަރަށް ކަންނެލި އައިނެއް ވަދެއްޖެއެވެ.
މާއެނބޫދޫ ބަނދަރަށް ކަންނެލި އައިނެއް ވަދެފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑއާގައި މިހާރު ދައުރުވަމުން އަންނައިރު، ވިއްސަކަށް ކަންނެލި ހިމެނޭ އައިނެއް އެރަށު ބަނދަރުގެ ތެރޭ ދުވާތަން އެ ވީޑިއޯތަކުން ފެނެއެވެ.
''މާއެނބޫދޫ ލައިވް'' އިން ގެނެސްދީފައިވާ މިވީޑިއޯތަކުގެ ތެރެއިން އެއް ވީޑިއޯއަކުން ފެންނަ ގޮތުގައި ޒުވާނަކު ދޮށީގައި ކަންނެއްޏެއް ގަންނުވައިގެން އުޅޭތީ ވެސް ފެނެއެވެ. ނަމަވެސް އެކަންނެލި ބޭނުމުގެ ކުރިން ވަނީ ނެއްޓިގެން ގޮސްފައެވެ.
ރާއްޖޭގެ ބައެއް ރަށްރަށުގެ ފަޅުތެރެއަށް ކަންނެއްޔާއި، ކަޅުބިލަމަސް އަދި ލައްޓި ރާގޮނޑިފަދަ އައިންތައް މީގެ ކުރިން ވެސް ވަދެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!