ހަނގުރާމަވެރި ސަރަހައްދުތަކުގައި ތާށިވެފައި ތިބި 60 ދިވެއްސަކު ގެނައުމުގެ މަސައްކަތް ކުރަމުން ދާކަމަށާއި އަދި ދެ ދިވެއްސަކު މިހާރު ރާއްޖެ ގެނެސްފައި ވާކަމަށް ދާހިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެ އެެވެ.
އިއްޔެ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ ރާއްޖެއިން ބޭރުގައި ހިނގަމުންދާ ހަނގުރާމައިގައި ބައިވެރިވާން ދިޔަ މީހުންނާއި އެމީހުންގެ އާއިލާތަކުގެ ތެރެއިން އެކި ސަބަބުތަކާ ހުރެ ރާއްޖެ ނާދެވިފައިވާ ފަރާތްތައް ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ދާކަމަށެވެ.
އެމީހުން ރާއްޖޭގެ މުޖުތަމައުއަށް ނެރޭނީ ހުރިހާ ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަކުރުމަށްފަހު ރީ-އިންޓްރޭޓްކުރަން ޖެހޭ މީހުން ރީ-އިންޓްރޭޓްކުރުމަށް ފަހު ކަމަށް އިހުސާނު ވިދާޅުވި އެވެ.
"އެގޮތުން ކުރިން ވާނީ 23 ފަރާތެއް ރީ އިންޓަގްރޭޓްކޮށްފައި. މިހާރު މަސައްކަތް ކުރަމުންދަނީ ސީރިއާގެ ދެ ސަރަހައްދެއްގެ ތިބިކަމަށް ބެލެވުނު 60 އެއްހާ މީހުންގެ މަސައްކަތް. އެ ސަރަހައްދާއި އެހެން ގައުމުތަކުގައި ތާށިވެފައި ތިބި މީހުން ގެނައުމުގެ މަސައްކަތް ކުރިއަށް އެބަގެންދަން." ވަޒީރު ވިދާޅުވި އެވެ.
އެ މަސައްކަތް ކުރިއަށް ގެންދަނިކޮށް ތުރުކީގައި ރާއްޖޭގެ ތިން ރަށްޔިތަކު ހަނގުރާމައިގައި ބައިވެރިވުމަށް އެހެން ގައުމަކަށް ގޮސް، ފަހުން ތުރުކީއަށް ހިޖުރަކޮށް އެ ގައުމުގައި ތާށިވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ވަޒީރު ވިދާޅުވި އެވެ. އަދި ތުރުކީގެ ސަރުކާރުން އެ ފަރާތްތައް ހައްޔަރުކުރުމަށްފަހު ދިވެހި ސަރުކާރަށް އެންގުމުން އެ ފަރާތްތައް ރާއްޖެއަށް ގެނައުމަށް ވަނީ މަސައްކަތްކޮށްފައި ކަމަށާއި އެގޮތުން 14 އަހަރުގެ އަންހެން ކުއްޖަކާއި އެ ކުއްޖާގެ މަންމަ ވަނީ ރާއްޖެއަށް ނެގެސްފައި ކަމަށް ވަޒީރު ވިދާޅުވި އެވެ. އެ ދެމައިންނަށް ނެޝަނަލް ރީ-އިންޓަގްރޭޓިވް ފެސިލިޓީގައި ހިދުމަތް ދެމުންދާ ކަމަށް ވިދާޅުވި އެވެ. ދެ
ހާސް ސައުވީސް ވަނަ އަހަރުގެ ޖަނަވަރީ މަހު ވެސް ސަރުކާރުން ވަނީ ސީރިއާއަށް ހަނގުރާމައަށް ދިޔަ މީހުންގެ ތެރެއިން ދިވެހި ފަސް އާއިލާއެއް އެނބުރި އަންނަން ބޭނުންވުމުން އެ އާއިލާތަކުގައި ހިމެނޭ ޖުމްލަ 21 މީހުން ރާއްޖެ ގެނެސްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!