ކުޅުދުއްފުށި ސިޓީއަށް އޭނާގެ ތަސައްވުރެއް އޮތްކަން ހާމަކުރައްވައި ކުޅުދުއްފުށީ ސިޓީއަކީ ވިޔަފާރިއަށް ހަމަހަމަ ފުރުސަތު އޮންނަ ވަޒީފާގެ ދޮރުތައް ހުޅުވިފައިވާ، ތަރައްގީގެ މަންފާ ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަކަމާއެކު ލިއްބައިދެވޭ އަދި އިގްތިސާދީ ގޮތުން އުއްމީދީ ސިޓީއަކަށް ހެދުމަކީ އަމާޒެއްކަމަށް ޓިކެޓުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ވާދަކުރައްވާ މޭޔަރު ކެންޑިޑޭޓް އިބްރާހިމް ހަސަން (ކުޑަ އިއްބެ) ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ ސިޓީގެ މާލެ ކެމްޕޭން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި އިބްރާހިމް ހަސަން ވަނީ ކުޅުދުއްފުށި ސިޓީއަށް އޭނާގެ ތަސައްވުރު ހާމަކުރައްވާފަ އެވެ.

Ad
rt

ކުޅުދުއްފުށީ ސިޓީ ކައުންސިލު ބަދަލަކަށް ބޭނުންވާ ގިނަ ސަބަބުތަކެއް އެބަހުރި ކަމަށާއި އޭގެ ތެރެއިން އެންމެ ބޮޑު ސަބަބަކީ ވޭތުވެ ދިޔަ ދައުރުތަކުގައި އެ ސިޓީގެ އިގްތިސާދީ ތަރައްގީއަށް އައިސްފައިވާ ހީނަރުކަން ކަމަށް އިބްރާހީމް ހަސަން ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބުގައި ޕީއެންސީ ކެނޑިޑޭޓުން ހޮއްވަވައިފިނަމަ ކުޅުދުއްފުށީ ސިޓީގެ ތަރައްގީ އިތުރު ހަރުފަތަކަށް ގެންދަން އަތުކުރި އޮޅާލައިގެން އެންމެ ފަހު ދުވަހާ ހަމައަށް ވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ އެ ސިޓީގެ ރައްޔިތުންނަށް ދެއްވާފަ އެވެ.

ވޭތުވެދިޔަ ހުރިހާ ދައުރުތަކުގައި ވެސް ކުޅުދުއްފުށީ ސިޓީ ކައުންސިލަކީ އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލްތަކެއް ނަމަވެސް ތާރީހު ބަދަލުކޮށް މިފަހަރު ކައުންސިލުގެ މެޖޯރިޓީ ނަގާނީ ޕީއެންސީން ކަމަށް އޭނާ ވިދާޅުވި އެވެ.