އުރީދޫ މޯލްޑިވްސްގެ މަގުބޫލު "ކަރާ ފެޅުން" ގޭމް މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށް އުރީދޫ ސުޕަރއެޕް މެދުވެރިކޮށް ކުޅެވޭނެ ގޮތް ހަމަޖައްސައިފިއެވެ.

މި އަހަރުގެ ގޭމް ފަރުމާކޮށްފައި ވަނީ ރަހުމަތްތެރިކަމާއި ވާދަވެރިކަމުގެ އިތުރުން ޓީމް ވޯކް ފެނިގެންދާނެ ފަދަ ހިތްގައިމު ގޮތަކަށެވެ.

Ad
rt

މި އަހަރުގެ ކަރާ ފެޅުން ގޭމުގައި ކަސްޓަމަރުން ބައިވެރިވާނީ ދެ ޓީމަކަށް ބެހިގެންނެވެ. އެއީ "ރަތް ލަޝްކަރު" އަދި "ނޫ ލަޝްކަރު" އެވެ. ކުޅުންތެރިންނަށް އުރީދޫ ސުޕަރއެޕްގެ ހޯމް ސްކްރީނުން ފެންނަ ކަރާ ގޭމް ބެނާއަށް ފިއްތާލުމަށްފަހު، ބޭނުންވާ ލަޝްކަރެއް އިޚްތިޔާރުކޮށް ކަރާ ފަޅަން ފެށޭނެއެވެ.

ކޮންމެ ދުވަހަކު ކަރާ ފެޅުމުގައި ބައިވެރިވާ ހުރިހާ ކުޅުންތެރިންނަށް ހަދިޔާ ލިބޭނެއެވެ. މީގެ ތެރޭގައި އެކި ކަހަލަ ޑޭޓާ ޕެކުތައް ހިމެނެއެވެ. މީގެ އިތުރުން، ކޮންމެ ދުވަހަކު މޮޅުވާ ލަޝްކަރުގެ ނަސީބުވެރި އެއް ކުޅުންތެރިއަކަށް ހާއްސަ އިނާމުތަކެއް ލިބޭނެއެވެ. އޭގެ ތެރޭގައި ފައިސާގެ އިނާމު، ޓީވީ، ކެމެރާ، ޕީއެސް 5 އަދި ގޭތެރޭގައި ހިފާ ގެންގުޅޭ ސާމާނު ހިމެނެއެވެ.

މި މުބާރާތުގެ އެންމެ ބޮޑު އިނާމު ދިނުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަސް ނިމުމުންނެވެ. މުޅި ގޭމުން މޮޅުވާ ޓީމުގެ ނަސީބުވެރި އެއް ކުޅުންތެރިއަކަށް 100,000 ރުފިޔާގެ އަގުހުރި އިނާމު ބަންޑްލްއެއް ލިބޭނެއެވެ. މި ބަންޑްލްގައި ޑްރޯން، ޕޮކެޓް އޮސްމޯ، އައިޕޯނު، މެކްބުކް އަދި އެންމެ މަތީ ފަންތީގެ ޓެކް އެސެންޝަލް ތަކެތި ހިމެނެއެވެ.

ކަރާ ފެޅުން ގޭމަކީ ރަމަޟާން މަސް ފަދަ ހާއްސަ މުނާސަބަތުތަކުގައި މުޖުތަމައުގެ އެއްބައިވަންތަކަން އިތުރުކޮށް، ޑިޖިޓަލް ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން ކުރަމުން އަންނަ މަސައްކަތުގެ ބައެކެވެ. އުރީދޫއިން ވަނީ ހުރިހާ ކަސްޓަމަރުންވެސް ސުޕަރއެޕް މެދުވެރިކޮށް ރައްޓެހިންނާއެކު މި ގޭމުގައި ބައިވެރިވުމަށް ދައުވަތު އަރުވާފައެވެ.