ހއ. ދިއްދޫ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާލެވިފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ޢިއުލާން ކުރަށްވައިފިއެވެ.

ރައީސް މިކަން ހާމަކުރެއްވީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ދިއްދޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތްތައް ފުރިހަމަކޮށް، އެ މަޝްރޫޢު މިހާރު ވަނީ އެއްކޮށް ނިންމާލާފައިކަމަށެވެ.

މި މަޝްރޫޢާ ގުޅޭ ތަފުސީލީ މަޢުލޫމާތު ހިއްސާކުރައްވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، ބިން ހިއްކުމުގެ މަސައްކަތަށް ބޭނުންވާ ކޮނެބޯޓު ސައިޓަށް ގޮސްފައިވަނީ 03 ޖެނުއަރީ 2026 ގައެވެ. އަދި އޭގެ އަނެއް ދުވަހު، 04 ޖެނުއަރީ 2026 ގައި ބިން ހިއްކުމުގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ.

ބާރު ސްޕީޑްގައި ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި

މި ބިޔަ މަޝްރޫޢު ނިންމާލާފައިވަނީ ޖުމްލަ 50 ދުވަހުގެ ތެރޭގައެވެ. ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ 23 ފެބުރުއަރީ 2026 ގައެވެ. މި މަޝްރޫޢުގެ ދަށުން ދިއްދޫ ފަޅުން ޖުމްލަ 112 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.

ދިއްދޫ އެއާޕޯޓަށާއި ބޯހިޔާވަހިކަމަށް ބޭނުންވާ ބިން ހިއްކަން ފަށައިފި

މި މަސައްކަތަށް ބޭނުންކުރެވުނު ވެލީގެ މިންވަރަށް ބަލާއިރު، ޖުމްލަ 5,492,089.00 ކިއުބިކް މީޓަރުގެ ވެލި ބޭނުންކޮށްފައިވާކަމަށް ރައީސްގެ ޕޯސްޓުގައި ބަޔާންކުރައްވާފައިވެއެވެ.

ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢަކީ އެ ރަށުގެ ކުރިއެރުމަށާއި، ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށާއި، އެރަށުގައި އެއާޕޯޓެއް ތަރައްގީ ކުރުމަށް ކުރިއަށްގެންދެވުނު އުންމީދީ މަޝްރޫޢެކެވެ. މި މަޝްރޫޢު ނިމުމާއެކު ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އާ ދޮރުތަކެއް ހުޅުވިގެންދާނެއެވެ.