އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދާ އަހަރީ ދުވަހުގެ ހާއްސަ ކެމްޕެއިންގެ 15 ވަނަ ނަސީބުވެރި ފަރާތަކަށް ބ. ކެންދޫ، އަލީ ރިޒާ ހޮވިއްޖެ އެވެ.
މި ލަކީޑްރޯގެ ދަށުން އަލީ ރިޒާ އަށް ލިބިފައިވަނީ އުމްރާ ދަތުރެކެވެ. އަލީ ރިޒާގެ ބަދަލުގައި މި އިނާމާ ހަވާލުވީ ރައީން އެވެ.
އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދާ މި ކެމްޕެއިނަކީ ކޮންމެ 20 ދުވަހަކުން 19 ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގެ ދަށުން ޖުމްލަ 19 ކަސްޓަމަރަކަށް އުމްރާ ދަތުރު ދިނުމަށް ހަމަޖެހިފައިވާއިރު، ކެމްޕެއިންގެ އެންމެ ބޮޑު އިނާމު ނުވަތަ ގްރޭންޑް ޕްރައިޒްގެ ގޮތުގައި ކަނޑައަޅާފައިވަނީ ދެ މީހަކަށް ލިބޭ ހައްޖު ދަތުރެކެވެ.
މި ލަކީޑްރޯގައި އުރީދޫގެ ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަރނެޓް ކަސްޓަމަރުންނަށް ބައިވެރިވެވޭނެއެވެ. މިގޮތުން މިހާރުގެ ކަސްޓަމަރުން 30 ދުވަހުގެ ތެރޭގައި 250 ރުފިޔާ އަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް-އޮން އެއް ބޭނުންކުރުމުން ގުރުއަތުގައި ބައިވެރިވެވޭނެ އެވެ. އަދި އަލަށް ގުޅޭ ކަސްޓަމަރުންނަށް 400 ރުފިޔާ އިން މަތިން ބިލް ދައްކާ، ރީޗާޖު ނުވަތަ އެޑް-އޮން އެއް ބޭނުންކޮށްގެން މި ފުރުސަތު ލިބިގެންދާނެ އެވެ.
އުރީދޫން ބުނި ގޮތުގައި މި ކެމްޕޭނަކީ ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި އެ ކުންފުންޏަށް ލިބުނު ކާމިޔާބީގެ ފަހަތުގައި ތިބި ކަސްޓަމަރުންނާއި، މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ. އުރީދޫން ވަނީ މި ކުރު މުއްދަތުގެ ތެރޭގައި ރާއްޖޭގެ މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ދާއިރާއިން ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ އެވެ.
މި 'ލިވް އަންލިމިޓަޑް' ކެމްޕެއިންގެ އިތުރު މައުލޫމާތު އުރީދޫގެ ސޯޝަލް މީޑިއާ ޕޭޖުތަކުންނާއި ore.do/liveunlimited ލިންކް މެދުވެރިކޮށް ލިބޭނެ ކަމަށް އެ ކުންފުންޏުން މައުލޫމާތު ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!