ހދ. ކުމުންދޫ ފަޅުތެރެއަށް ދޯންޏެއް އަޑިއަށް ގޮސްގެން އެ ދޯނި ސަލާމަތްކުރުމުގައި ރައްޔިތުންގެ އެހީތެރިކަމަށް ކައުންސިލުން އެދިއްޖެއެވެ.
އަޑިއަށް ގޮސްފައި ވަނީ ކުމުންދޫ ސަންލައިޓްގޭ "އަޒުމް" ނަމަކަށް ކިޔާ ދޯންޏެވެ.
ކުމުންދޫ ކައުންސިލުން ބުނާގޮތުގައި މި ދޯނި ފަޅުތެރެއަށް އަޑިއަށް ގޮސްފައި ވަނީ ރޭގެ ވަގުތެއްގައެވެ.
އަޒުމް ދޯނި ކުމުންދޫ ފަޅުތެރެއަށް އަޑިއަށް ގޮސްފައި، ފޮޓޯ: ކުމުންދޫ ކައުންސިލް
‘’އެ ދޯނި ނެގުމުގެ މަސައްކަތުގައި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަކީ މި ކައުންސިލްގެ ވަރަށް ބޮޑު އިލްތިމާސެއް’’ ކުމުންދޫ ކައުންސިލުން ބުނެފަވެއެވެ.
މި ދޯނި އަޑިއަށް ދިޔަ ސަބަބެއް އަދި ސާފެއްނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!