އައްޑޫ ސިޓީ ހިތަދޫގައި ހުރި ސައިކަލްތަކެއްގައި ރޭ ދަންވަރުގެ ވަގުތެއްގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ހިތަދޫ 11 ނަންބަރު ފުލެޓް ސަރަޙައްދުގައި ޕާކުކޮށްފައި ހުރި ސައިކަލްތަކެއްގައެވެ.

Ad
rt

އެމްއެންޑީއެފުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބިފައިވަނީ ރޭ ދަންވަރު 04:10 ހާއިރުއެވެ. ރިޕޯޓް ލިބުމާއެކު ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.

ސިފައިން ކުރި މަސައްކަތުން ސައިކަލްތަކުގައި ރޯވެފައި ހުރި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ ރޭ ފަތިހު 04:25 ހާއިރުއެވެ. މި ހާދިސާގައި އަލިފާން ރޯވި ސައިކަލްތަކުގެ ތެރެއިން ދެ ސައިކަލެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް މުޅިން އަނދާފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.