ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލާގައި 9 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް އިތުރު ދައުވާތަކެއް ސާބިތުވެއްޖެ އެވެ.

ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާކުރީ ފީފާއިން އެފްއޭއެމަށް ފޮނުވި 1.2 މިލިއަން ޑޮލަރު (19 މިލިއަނެއްހާ ރުފިޔާ) ބޭނުންކޮށްގެން އަމިން އެވެނިއުގެ ޕެންޓްހައުސްއެއް ގަތް ކަމަށް ބުނެ އެވެ.

Ad
rt

ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާތައް ސާބިތުވާ ކަމަށް ނިންމި ނަމަވެސް އޭނާގެ މައްޗަށް އަދަބު ކަނޑައެޅުން އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ.

އެ މައްސަލާގައި ބައްސާމްގެ އިތުރުން އަމިން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށާއި އިތުރު މީހެއްގެ މައްޗަށް ވެސް ދައުވާ ކުރެ އެވެ.

އަމިން ކުންފުނީގެ ބަޔާ މެދު ވެސް ގޮތެއް ނިންމުން އޮންނާނީ ފަހުންނެވެ.