ހުޅުމާލެ ފޭސް ދެއެއްގައި ހުންނަ ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގައި ދެބެންގެ ދެމެދުގައި މާރީމާރީ ހިންގައި އެކަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން ބުނިގޮތުގައި، ހުޅުމާލެ ހިޔާ 8 ވަނަ ޓަވަރު އެޕާރޓްމަންޓެއްގައި އަޑުގަދަ ކުރާމަކަށް މިއަދު ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.

Ad
rt

މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން އެއެޕާރޓްމަންޓަށް ގޮސް ބެލިބެލުމުން ދެބެންގެ މެދުގައި ހިނގި ހިތްހަމަނުޖެހުމެއްގެ ތެރެއިން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާކަން އެނގިފައިވާކަމަށް ފުލުހުން ބުންޏެވެ.

''ޒަހަމްވެފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނެއް. ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އޭނާގެ ފަލަމަސްގަޑު ފުންކޮށް ކަފައިގެންގޮސް، މައި ނާރު ބުރިވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ. އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުން.'' ފުލުހުން ބުނެފަވެއެވެ.

މިމައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.

އެނގިފައިވާގޮތުގައި މި ހާދިސާގައި ހަމަލާދީފައި ވަނީ ވަޅިއަކުންނެވެ.