ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ ގަލޮޅުގައި އުޅޭ ރައްޔިތުންނާއި ހުޅުމާލެ ފޭސް ދެއެއްގައި އުޅޭ ރައްޔިތުންނާއި ބައްދަލުކުރެއްވުން މި ހަފުތާގެ އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ރޭ އޮންނާނެކަމަށް ސަރުކާރުން ބުނެފިއެވެ.
މިއީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ކުރިއަށް ގެންދަވާ ދެ ބައްދަލުވުމެކެވެ.
ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ، ރައީސް ގަލޮޅު ރައްޔިތުންނާ ބައްދަލުކުރެއްވުން އޮންނާނީ އަންގާރަ ދުވަހުގެ ރޭ ކަމަށެވެ. އަދި ދެވަނަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުން ބުރާސްފަތި ދުވަހުގެ ރޭ އޮންނާނެކަމަށް ހީނާ ވިދާޅުވިއެވެ.
ރައީސް ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން އޮންނާނީ 216 ޑިސެމްބަރު 2025 ވާ އަންގާރަ ދުވަހުގެރޭ 20:30ގައި ޢިމާދުއްދީން ސްކޫލްގައެވެ. އަދި ހުޅުމާލޭ ފޭސް 2 ގެ ރައްޔިތުންނާ ބައްދަލުކުރެއްވުން އޮންނާނީ 18 ޑިސެމްބަރު 2025 ވާ ބުރާސްފަތި ދުވަަހުގެރޭ 20:30ގައި ޞަލާޙުއްދީންސްކޫލްގައެވެ.
މި ބައްދަލުވުންތަކަށް ސަރުކާރުން ވަނީ ހެންވޭރުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ދަޢުވަތު އަރުވާފައެވެ.
މީގެ އިތުރުން ރައީސް ވަނީ ޑިސެންބަރު 17 ވާ ބުދަ ދުވަހުގެރޭ ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރަށްވަން ނިންމަވާފައެވެ. މި ބައްދަލުވު އޮންނާނީ 17 ޑިސެންބަރު 2025 ވާ ބުދަ ދުވަހުގެރޭ 8:30 ގައި ސޯޝަލް ސެންޓަރުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!