ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ "ތިލައުތުރު ފުޓްސަލް މުބާރާތް 2025" ފެށުމަށް ހަމަޖެހިފައިވަނީ އިހަވަންދޫ އާއި އުތީމު ބައްދަލުކުރާ މެޗުންނެވެ.

މިއަހަރު ނަސްރުންގެ ދުވަހާއި ދިމާކޮށް ހއ އުތީމުގައި ބާއްވާ މި މުބާރާތުގެ ގުރުއަތުލުން ރޭ ބާއްވާފައިވާއިރު، މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.

Ad
rt

މިގޮތުން އޭ ގްރޫޕްގައި ހިމެނެނީ އުތީމު، އިހަވަންދޫ، ވަށަފަރު، ފިއްލަދޫ އަދި ހޯރަފުއްޓެވެ. ގްރޫޕް ބީ ގައި ހިމެނެނީ ދިއްދޫ، މުރައިދޫ، ކެލާ އަދި ބާރަށެވެ.

މި މުބާރާތުގެ ޝެޑިއުލް މިއަދު ނެރެފައިވާއިރު، 4 ނޮވެމްބަރުގައި ފަށާ މި މުބާރާތުގައި ގްރޫޕް އޭ ކެޓަގަރީން އެންމެ ފުރަތަމަ އިހަވަންދޫ އާއި އުތީމު ބައްދަލުކުރާއިރު، ހަމަ އެ ރޭ ވަށަފަރާއި ފިއްލަދޫ ވާދަކުރުމަށް ހަމަޖެހިފައިވެއެވެ. އަދި އިހަވަންދޫ އާއި އުތީމުގެ މެޗަށް ފަހު ގްރޫޕް ބީ އިން މުރައިދޫ އަދި ދިއްދޫ ބައްދަލުކުރާއި، އެ ރޭ ކުޅޭ ވަށަފަރު ފިއްލަދޫ މެޗަށް ފަހު ކުޅެނީ ކެލާ އަދި ބާރަށު ވާދަކުރާ މެޗެވެ.

ގިނަ ބައެއްގެ ތަރުހީބާއިއެކު، އަތޮޅު ކައުންސިލުންނާއި އުތީމު ކައުންސިލުން ދުރާލާ ތައްޔާރުވަމުންދާ މި މުބާރާތަކީ އެ އަތޮޅުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ދަމަހައްޓައި އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމާއި، ކުޅިވަރުގެ ރޫޙު އާލާކޮށް ދެމެހެއްޓުމުގެ މަޤުސަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ.

މީގެ އިތުރުން ހއ. އަތޮޅުގައި ހުނަރުވެރި ފުޓްސަލް ކުޅުންތެރިން އުފެއްދުމާއ،ި ފުޓްސަލް ކުރިއެރުވުމާއި، އެ އަތޮޅަށް ނިސްބަތްވާ ރައްޔިތުންގެ ތެރެއިން ހުނަރުވެރި ކުޅުންތެރިންގެ ހުނަރު ދައްކާލުމާއ،ި އެފަރާތްތަކަށް މުބާރާތުގައި ވާދަކުރުމުގެ ފަހިމާހައުލެއް ހޯދައިދީ، އިންތިޒާމީ ގޮތެއްގައި އެކަން ތަނަވަސްކޮށްދިނުމަކީ ވެސް މި މުބާރާތް ބާއްވާ މަޤުސަދެކެވެ.

މި މުބާރާތުގެ ޗެންޕިއަން ޓީމަށް 35000.00 ރުފިޔާގެ ފައިސާގެ އިނާމާއ،ި ވާދާއިގެ ތަށްޓާއ،ި ރަން މެޑެއްޔާއ،ި ހަނދާނީ ލިޔުން ދިނުމަށް ނިންމާފައިވާއިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 15000.00 ރުފިޔާގެ ފައިސާގެ އިނާމާއ،ި ރިހި މެޑެއްޔާއ،ި ހަނދާނީ ލިޔުން ދޭނެއެވެ. އަދި މުބާރާތުގެ ފެއަރޕްލޭ ޓީމަށް 5000.00 ރުފިޔާގެ ފައިސާގެ އިނާމާއ،ި ޓްރޮފީ އާއި ހަނދާނީ ލިޔުން ދޭނެއެވެ. މި މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ދިނުމަށް ހަމަޖެހިފައިވަނީ ޓްރޮފީއާއި ހަނދާނީ ލިޔުމެވެ. މި މުބާރާތުގައި އިތުރު ބައެއް ވަނަތައް ވެސް ހޮވާނެއެވެ.