‏އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ޢާންމު ވޯޓުލުން ކުރިއަށްދާއިރު މެންދުރު 14:00 އާއި ހަމައަށް ވޯޓުލާފައި ވަނީ 27.8 މީހުންކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

މިއަދު ހެނދުނު 8:00 ގައި ފެށި މި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދާނީ ހަވީރު 4:00 އާއި ހަމައަށެވެ. އެހެންކަމުން އީސީން ހާމަކުރި މައުލޫމާތަށް ބަލާއިރު ވޯޓުލުމަށް ދެ ގަޑިއިރު ބާކީ އޮތް އިރު 14:00 އާއި ހަމައަށް ވޯޓުލާފައި ވަނީ 27.8 އިންސައްތަ މީހުންނެވެ. އެއީ 1282 އަންހެނުންނާއި، 1380 ފިރިހެނުންނެވެ.

Ad
rt

މި ވޯޓުގައި ޖުމްލަ 9576 މީހަކަށް ވޯޓުލުމުގެ ޙައްގު ލިބިގެންވާކަމަށް އީސީން ބުނެފަވެއެވެ. އެއީ ފޭދޫން 4،355 މީހަކަށް، ހުޅުދޫން 2،874 މީހަކަށް އަދި މީދޫން 2،347 މީހަކަށެވެ.

މި ވޯޓުގައި ފޭދޫ އާއި ހުޅުދޫ އާއި މީދޫ އަދި މާލޭގައި 18 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.

މި އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރާ ގޮތަށް ނިންމާފައި ވަނީ އަންނަ އާދިއްތަ ދުވަހު އެވެ.

އައްޑު އަތޮޅުގެ ފޭދޫ އާއި މީދޫ އަދި ހުޅުދޫގައި ވަކި ރަށު ކައުންސިލްތަކެއް ހެދުމަށް ނަގާ ފެންނަ ނުފެންނަ ވޯޓަކީ ވަކި ސަރަހައްދެއްގައި ހިޔާލު ހޯދުމުގެ ވޯޓު ނެގޭ ގޮތަށް ގާނޫނެއް އެކުލަވާލުމަށް ފަހު، އެ ގާނޫނުގެ ދަށުން ރާއްޖޭގައި ނަގާ ފުރަތަމަ ވޯޓެވެ.