ކަންދެހެރަ މަންތާ ޕޮއިންޓުގައި ޑައިވިންގ ކުރަނިކޮށް ޑެކޯވި ފަތުރުވެރިއަކު މާލެ ގެނައުމުގެ މަސައްކަތް ޤައުމީ ދިފާއީ ބާރުން ކުރަން ފަށައިފިއެވެ.

ޤައުމީ ދިފާއީ ބާރުން ބުނީ ކަންދެހެރަ މަންތާ ޕޮއިންޓުގައި ޑައިވިންގ ކުރަނިކޮށް ޑެކޯވި އުމުރުން 57 އަހަރުގެ ފިރިހެން ފަތުރުވެރިއަކު ޤައުމީ ދިފާއީބާރުގެ ހެލިކޮޕްޓަރިގައި މާލެ ގެނައުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

Ad
rt

މިޑެކޯވި ފަތުރުވެރިޔާ ގޮވައިގެން އަންނަ ހެލިކޮޕްޓަރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ފޯރާނީ މިއަދު ހެނދުނު 11:15 ހާއިރުކަމަށްވެސް ޤައުމީ ދިފާއީ ބާރުން ބުނެއެވެ.

ފަހަކަށް އައިސް ރާއްޖޭގައި އަންނަނީ ޑައިވިންގ ކުރުމުގެ ތެރޭގައި ޑެކޯ ވުމުގެ ގިނަ ހާދިސާތަކެއް ހިނގަމުންނެވެ.