ހއ. ދިއްދޫގައި ޤާއިމްކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައިކަމަށާއި، އެތަން ހުޅުވާނީ ނަމެއްގައެއްނޫންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 10 ވަނަ ޖަލްސާގައި ވަޒީރާ ސުވާލުކުރުމުގެ ވަގުތުގައި ދިއްދޫ ދާއިރާގެ މެންބަރު އަބުދުއްލަތީފް މުޙައްމަދު ކުރެއްވި ސުވާލަށް ދެއްވި ޖަވާބުދެެއްވަމުންނެވެ.

Ad
rt

މި ޖަލްސާގައި ލަތީފް ވަނީ ދިއްދޫގައި ޤާއިމްކުރާ އިސްލާމީ މަރުކަޒު ހުޅުވޭނީ ކޮން ތާރީޚެއްގައިތޯ އާއި އެ މަރުކަޒަށް ކިހާ ފައިސާއެއް ސަރުކާރުން ޚަރަދުވެފައިވޭތޯ ސުވާލު ކުރަށްވާފައެވެ.

ލަތީފްގެ ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ޝަހީމް ވިދާޅުވީ، ދިއްދޫގައި ޤާއިމްކުރާ އިސްލާމީ މަރުކަޒު މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެތަނަށް ގާތްގަނޑަކަށް ހުރިހ ޚަރަދެއްކުރީ މި ސަރުކާރުންކަމަށް ޝަހީމް ވިދާޅުވިއެވެ.

''އެތަން ފެށުމަށްޓަކައި ބޭނުންކުރި މަދު ފައިސާއެއްނޫނީ ހުރިހާ ޚަރަދެއްކުރީ މި ސަރުކާރުން، އަޅުގަނޑުމެން އެތަން މި ހުޅުވަނީ ހަމައެކަނި ހަތަރު ފާރެއްނޫން، އެތަނަށް ބޭނުންވާ ވަސީލަތްތައް ވަނީ އިތުރު ކުރެވިފައި'' ޝަހީމް ވިދާޅުވިއެވެ.

އެތަނަށް ބޭނުންވާ ގޮނޑިއާއި މޭޒާއި އަދި ކްލާސްރޫމްތަކަށާއި ހޯލަށް ބޭނުންވާ ވަސީލަތްތައް ވެސް ހަމަކުރަށްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ދިއްދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ނުނިމި އެންމެ އިންސައްތައެއް، ވަރަށް ޗާލު

ވަޒީރު ވިދާޅުވީ އެތަން ހުޅުވާނީ ހަމައެކަނި މަރުކަޒެއްގެ ގޮތުގައެއްނޫނެވެ. އަދި އެތަން ހުޅުވިގެންދާނީ ކީރިތި ގުރުއާނާ ބެހޭ ގޮތުގައި ކަމަށާއި، އެތަން ހުޅުވުމާއެކު އެތަނުގައި ކީރިތި ގުރުއާނާ ބެހޭ ކޯސްތައް ހިނގާނެކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

''އެތަނުގައި ޓީޗަރުން ތިބޭނެ، އެތަނުގައި ލައިބްރަރީ ހުންނާނެ، އެތަނަށް ބޭނުންވާ ފޮތްތައް ވެސް މިހާރު އަޅުގަނޑުމެން ހުންނާނީ ސައުދީ އަރަބިއްޔާއިން ގެނެސްފައި، އެހެންވީމަ އެތަން މިހުޅުވަނީ ނަމެއްގައެއްނޫން'' ވަޒީރު ވިދާޅުވެފަވެއެވެ.