ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ "މިލައުތުރު ފުޓްސަލް މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ މިލަންދޫއިން ކަށަވަރުކޮށްފިއެވެ.
މިލަންދޫ ފައިނަލަށް ދަތުރުކުރީ މިއަދު ހަވީރު ކުޅުނު މި މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި 7-0 އިން ކޮމަންޑޫ ބަލިކޮށްގެންނެވެ.
މި މެޗުގައި މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިން ތެރޭ ހިމެނޭ އަހްމަދު ޝަަނީ ވަނީ 3 ލަނޑުޖަހައި ހެޓްރިކް ހަދާފައެވެ. މި ތިން ލަނޑާއެކު މުބާރާތުގައި މުބާރާތުގައި ޖެހި ލަނޑުގެ އަދަދު ވަނީ 7 އަށް އަރާފައެވެ.
މިލައުތުރު ފުޓްސަލް: ސެމީގައި މިލަންދޫ-ކޮމަންޑޫ، މަރޮށި-ކަނޑިތީމު
މި މެޗުގައި މިލަންދޫ އަށް ދެން ލަނޑުތައް ޖަހައިދީފައި ވަނީ މުޙައްމަދު ނިޒާހް ޢަލީ އާއި ޢަލީ އީނާސް އަދި އިބްރާހިމް ޒަހީ އެވެ. މިތަނުން މުޙައްމަދު ނިޒާހް ޢަލީ 2 ލަނޑު ޖަހައިދީފައިވާއިރު، ޢަލީ އީނާސް އަދި އިބްރާހިމް ޒަހީ ވަނީ ކޮންމެ ކުޅުންތެރިޔަކު ލަނޑެއް ޖަހައިދީފައެވެ.
މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ މެޗުގައި ހެޓްރިކް ހެދި މިލަންދޫ ޓީމުގެ އަހްމަދު ޝަަނީ އެވެ.
މި މުބާރާތުގެ ދެވަނަ މެޗުގައި ކުޅޭނީ މަރޮއްޓާއި ކަނޑިތީމެވެ. އެ މެޗުގައި 20:30 ގައި ފަށާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!