ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ "މިލައުތުރު ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް މިއަދު ކުޅޭނެއެވެ.

މި މުބާރާތުގެ ސެމީގެ ފުރަތަމަ މެޗުގައި ކުޅޭނީ މިލަންދޫ އާއި ކޮމަންޑޫ އެވެ. މި މެޗު ކުޅޭނީ މިއަދު ހަވީރު 16:30 ގައެވެ.

Ad
d

މިރޭ 20:30 ގައި ސެމީގެ ދެވަނަ މެޗުގައި ކުޅޭނީ މަރޮއްޓާއި ކަނޑިތީމެވެ.

ސެމީގެ މެޗުތައް ކުޅޭއިރު ކޮމަންޑޫ އާއި މަރޮށި ސަޕޯޓަރުން ތިބުމަށް ހަމަޖައްސާފައި ވަނީ ދަނޑުގެ އުތުރު ފަރާތުގައެވެ. އަދި މިލަންދޫ އާއި ކަނޑިތީމު ސަޕޯޓަރުން ތިބެން ހަމަޖައްސާފައި ވަނީ ދަނޑުގެ ދެކުނު ފަރާތުގައެވެ.

މި މުބާރާތުގެ ސެމީއަށް ޓީމުތައް ދަތުރުކުރިގޮތައް ބަލާއިރު، ކަނޑިތީމު ސެމީ އަށް ދަތުރުކުރީ 3-2 އިން ގޮއިދޫމައްޗަށް ކުރި ހޯދައިގެންނެވެ. ކޮމަންޑޫ ސެމީއަށް ދިޔައީ 3-2 އަކުން ބިލެތްފަހި އަތުން މޮޅުވެގެންނެވެ.

މި މުބާރާތުގެ ސެމީ އަށް މަރޮށި ދިޔައީ ފުނަދޫ އާއިއެކު ކުޅުނު ކުއާޓާ މެޗު ފުރިހަމަ ވަގުތުގައި ލަނޑެއްނުޖެހި އެއްވަރުވެގެން ޕެނަލްޓީގައި 4-3 އިން ކުރި ހޯދައިގެންނެވެ. އަދި މިލަންދޫ ސެމީ އަށް ދިޔައީ 3-2 އިން ފޯކައިދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ.

21 އޮކްޓޯބަރުގައި ކުޅެން ހަމަޖެހިފައިވާ މި މުބާރާތުގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވާނީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު މުޙައްމަދު އާތިފް އެވެ.

Ad
df

މި މުބާރާތް މި އަހަރު ކުޅެމުން އަންނަނީ ށ. ކަނޑިތީމުގައެވެ.