ހދ. ކުޅުދުއްފުށީ އެއަރ ޕޯޓަށް ބޭނުންވާ ބައެއް މުވައްޒަފުން ހޯދުމަށް ރީޖަނަލް އެއަރޕޯޓްސް އިން އިޢުލާނުކޮށްފިއެވެ.
ރީޖަލަން އެއަރ ޕޯޓްސް އިން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ އެކައުންޓް އޮފިސަރަކާއި، ޖީއެސް 3 ރޭންކްގެ 2 އެސިސްޓެންޓް ފަޔަރ ފައިޓަރެއްގެ އިތުރުން އެމްއެސް 2 ރޭންކްގެ ސަބް އޮފިސަރެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.
މި މަޤާމްތަކަށް ކުރިމަތި ލުމުގެ ފުރުޞަތު 27 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. ވަޒީފާ އަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް (hdk.admin@transport.gov.mv) މެދުވެރިކޮށް ބަލައި ގަނެވޭނެކަމަށް ވެސް އެފަރާތުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!