ކުޅުދުއްފުށީ އެއާޕޯޓުގެ އެސިސްޓެންޓް މެނޭޖަރު އަހަދު ހައްޔަރުކޮށްފި
ކޯޓު އަމުރެއްގެ ދަށުން ކުޅުދުއްފުށީ ސިޓީ އެއާޕޯޓުގެ އެސިސްޓެންޓް މެނޭޖަރުގެ މަޤާމުގައި ހުންނެވި މާލެ އަށް ނިސްބަތްވާ އަބްދުލް އަހަދު ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު އަހަދު ހައްޔަރުކުރީ ކަރެކްޝަނާއި ހަވާލުކުރުމަށް ކަމަށެވެ. މީގެ އަހަރުތަކެއްގެ ކުރިން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވި މައްސަލައެއްގައި އަހަދުގެ މައްޗަށް ދައުވާ އުފުލާފައިވާކަމަށް މައުލޫމާތު ލިބެއެވެ. އަދި އ...