ވަގުތު ނެގިޔަސް މިނިމަމް ވޭޖުގެ ބިލު ޤަނޫނަކަށް ވާންޖެހޭނީ އޭގެ އެންމެ ފުރިހަމަ ގޮތުގައިކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ ވިދާޅިވެއްޖެއެވެ.

އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ނުވަތަ މިނިމަމް ވޭޖެެ ބިލާއި ބެހޭގޮތުން މިއަދު ކުރި ޓުވީޓުގައި އިތުރަށް ބުނެފައިވަނީ ރިސޯޓް ތަކުގެ މަސައްކަތް ކުރާ ބޭފުޅުންނާއި ހުރިހާ މަސައްކަތްރިންގެވެސް ހައްޤުތައް ނުގެއްލި، އިންތިހާބު އާއި ވޯޓު އާއި ގުޅިފައިވާ ކަމަކަށްވުރެ އެއީ ޤައުމުގެ މުސްތަޤްބަލާ ގުޅިފައި ވާކަމެއްކަމަށް ރާއީ ވިދާޅުވިއެވެ.

Ad
rt

މިނިމަމް ވޭޖު ކަނޑައަޅާނެ ގޮތަކާއި، މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާނެ އަދަދެއް ނިންމުމަށްފަހު މި ހިނގާ ފެބްރުއަރީ މަސް ނިމުމުގެ ކުރިން އިއުލާނުކުރާނެ ކަމަށް މިމަހުގެ 11 ވަނަ ދުވަހު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްވަނީ ވިދާޅުވެފައެވެ.

އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ނުވަތަ މިނިމަމް ވޭޖެއް ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.