ސިނަމާލެ ބްރިޖު ހައިވޭގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ބަހަކާއި ތިން ސައިކަލް ޖެހި، ބަޔަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. އެކްސިޑެންޓްގައި ހިމެނޭ ތިން ސައިކަލުގެ ތެރޭގައި ފުލުހުންގެ ސައިކަލެއްވެސް ހިމެނެއެވެ.
ފުލުހުންގެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި އެކްސިޑެންޓްގައި އަނިޔާވި ފަރާތްތަކަށް ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އަނިޔާވި މީހުންގެ ޢަދަދާއި އަނިޔާގެ ކުޑަބޮޑުމިން އަދި ހާމަކޮށްފައެއް ނުވެއެވެ.
ސިނަމާލެ ބްރިޖު ހައިވޭގައި މިފަދަ އެކްސިޑެންޓްތައް ހިނގަމުންދާތީ، ދުއްވުމުގައި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ފުލުހުން އަންނަނީ އިލްތިމާސްކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!