ހއ. ބާރަށާއި މާރަންދޫ ޞިއްޙީމަރުކަޒުތަކުގައި އަލަށް ހަދާ ޢިމާރާތުގެ މަސައްކަތް، ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ހެލްތު މިނިސްޓްރީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޝަރީފެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަޒީމެވެ.
ހއ. މާރަންދޫ ޞިއްޙީމަރުކަޒުމާރަންދޫ ޞިއްޙީމަރުކަޒުގައި އަލަށް ހަދާ ޢިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެ ދާޢިރާގެ އިއްޒަތްތެރި މެމްބަރ އަޙުމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ އަގަކީ 11.5 މިލިއަން ރުފިޔާއެވެ. މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 365 ދުވަހެވެ.
މި ޢިމާރާތުގައި ވޯޑް، ނާސް ސްޓޭޝަން، ލެބޯޓްރީ، ޕްރޮސީޖަރ ރޫމް، ޕްރައިވެޓް ރޫމް އަދި ގަރާޖުގެ އިތުރުން ގުދަނެއް ވެސް ޤާއިމުކުރެވިގެންދާނެއެވެ.
ހއ. ބާރަށް ޞިއްޙީމަރުކަޒުބާރަށް ޞިއްޙީމަރުކަޒުގައި އަލަށް ހަދާ ޢިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ވެސް މިއަދު ސޮއިކުރެވިފައިވާއިރު، މި މަޝްރޫޢުގެ އަގަކީ ވެސް 11.5 މިލިއަން ރުފިޔާއެވެ. މި މަސައްކަތް ވެސް 365 ދުވަހުގެ ތެރޭގައި ނިންމަން ވަނީ ހަމަޖެހިފައެވެ.
ބާރަށް ޞިއްޙީމަރުކަޒަށް އިތުރުކުރެވޭ ޢިމާރާތުގައި ވެސް ވޯޑް، ނާސް ސްޓޭޝަން، ލެބޯޓްރީ، ޕްރޮސީޖަރ ރޫމް، ޕްރައިވެޓް ރޫމް އަދި ގަރާޖުގެ އިތުރުން ގުދަނެއް ހިމެނޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!