ހދ. ވައިކަރަދޫގައި "ބޭސިކް އަދި އެޑްވާންސް ޓެއިލަރިންގ އެންޑް ޑިޒައިން" ކޯހެއް ކުރިއަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ.

ވައިކަރަދޫ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި ކޯހަކީ ވައިކަރަދޫގައި ދިރިއުޅެމުންދާ އަންހެނުންނާއި ޒުވާނުންގެ ހުނަރު އިތުރު ކުރުމުގެ ގޮތުން އެ ފަރާތްތަކަށް ފެހުމުގެ އަސާސީ ހުނަރުތަކާއި އަމިއްލައަށް މިންނަގައިގެން ހެދުން ފެހުމުގެ ޤާބިލުކަން އިތުރުކޮށް، އާމްދަނީ ހޯދުމުގެ ފަހިކޮށްދިނުމުގެ މަޤުސަދުގައި ހިންގުމަށް ހަމަޖެހިފައިވާ ކޯހެއްކަމަށެވެ.

Ad
rt

އެގޮތުން، މި ކޯސް ހިންގައިދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ކައުންސިލުން އާންުމުކޮށްފައިވާ އިޢުލާނާއި ގުޅިގެން ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް ވައިކަރަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އީމެއިލް wdc@vaikaradhoo.gov.mv އަށް 24 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ކުރިން ޕްރޮޕޯސަލް މެއިލް ކުރެއްވުމަށް ކައުންސިލުން އެދިފައިވެއެވެ.

ވައިކަރަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ދަނީ އެ ރަށުގެ އަންހެނުން ބާރުވެރިކުރުމަށާއި މުޖުތަމަޢުއަށް ނެރެ މައުލޫމާތު މުއްސަނދި ކުރުވައި، ހުނަރުތައް ދަސްކޮށްދިނުމަށް މިފަދަ ތަމްރީނު ޕްރޮގްރާމްތަކާއި ސެސަންތައް ބާއްވަމުންނެވެ.