9 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއި 4.2 މިލިޔަން ރުފިޔާ އާއި އެކު 8 މީހުން ހައްޔަރުކޮށްފި އެވެ.
2020 ޖެނުއަރީ 31 ވަނަ ދުވަހު ޑްރަގް އިންޓެލިޖެންސްއިން ލިބުނު މަޢުލޫމާތަކާއި ގުޅިގެން ކޯޓް އަމުރެއްގެދަށުން މާލޭގެ 5 ގެއެއް ބަލާފާސް ކުރިކުރުމުން ގިނައަދަދެއްގެ މަސްތުވާތަކެއްޗާއި ގިނައަދަދެއްގެ ފައިސާ ހޯދިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ 2020 ފެބްރުއަރީ 06 ވަނަ ދުވަހު ޑްރަގް އިންޓެލިޖެންސްއިން ލިބުނު މަޢުލޫމާތަކާއި ގުޅިގެން ކޯޓް އަމުރެއްގެދަށުން މާލޭގެ 4 ގެއަކާއި ސައިކަލެއް ބަލާފާސްކުރިކުރުމުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ހޯދިފައިވާކަމަށާއި މި ދެއޮޕަރޭޝަންގައި 08 ދިވެހި ފިރިހެނުން ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވިފައިވެއެވެ.
އަދި މިއޮޕަރޭޝަންގައި 9 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވެއެވެ. މި ދެއޮޕަރޭޝަނަކީ ފުޅާދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ ނެޓްވޯކެއް އަތުލައިގަތުމަށް ހިންގުނު ހާއްސަ ދެ އޮޕްރޭޝަނެކެވެ. މިމައްސަލަ ދަނީ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓްއިން ތަޙުޤީޤު ކުރަމުންކަމަށް ފުލުހުން ބުނެފައިވެއެވެ.
ހައްޔަރު ކުރެވުނު މީހުންގެ ތަފްސީލް:
1. 03 ފިރިހެން (25 އަހަރު)
2. 01 ފިރެހެން (37، އަހަރު)
3. 01 ފިރެހެން (23 އަހަރު)
4. 01 ފިރެހެން (24 އަހަރު)
5. 01 ފިރެހެން (27 އަހަރު)
6. 01 ފިރެހެން (50 އަހަރު)
ފެނުނު ތަކެތީގެ ތަފްސީލް:
1. 09 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި
2. 1522785ރ (އެއްމިލިއަން ފަސްލައްކަ ބާވީސްހާސް ހަތްސަތޭކަ އައްޑިހަ ފަސްރުފިޔާ)
3. $
173831 ( އެއްލައްކަ ހަތްދިހަ ތިންހާސް އެއްސަތޭކަ ތެއްތިރީސް އެމެރިކާ ޑޮލަރ)
Ad
rt