2000 ވަނަ އަހަރު ވަރަށް އާދައިގެ ގޮތަކަށް ށ. ކަނޑިތީމުގައި ސްޕީޑް ލޯންޗުގެ ޚިދުމަތްދޭން ފެށި ފްލައިންގް ފިޝް އަކީ މިއަދު ށ އަތޮޅުގައި އެންމެ ކާމިޔާބުކަމާއި ޔަޤީން ކަމާއިއެކު ސްޕީޑް ފެރީގެ ޚިދުމަތްދޭ ފަރާތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

Ad
rt

ސްޕީޑް ފެރީގެ ޚިދުމަތް މާލޭއާއި ރ، ށ އަދި ހދ އަތޮޅުގެ ރަށްތަކަށް ފްލައިން ފިޝްއިން އަންނަނީ ދެމުންނެވެ. އެގޮތުން ރ އަލިފުށި، ށ އަތޮޅުން ކަނޑިތީމު، ގޮއިދޫ، ބިލެއްފަހި، ފޭދޫ، މަރޮށި ކޮމަންޑޫ އަށް އަދި ހދ އަތޮޅުން ވައިކަރަދޫ އާއި ނޭކުރެންދޫއަށް އަންނަނީ ދަތުރު ކުރަމުންނެވެ. ހޮނިހިރު، ހޯމަ އަދި ބުދަ ދުވަހު ދަތުރު ހަމަޖެހިފައިވަނީ ށ އަތޮޅުން ފެށިގެން މާލެއަށެވެ. މާލެއިން އަތޮޅަށް ދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ ވެސް އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުއެވެ. މާލެއިން ފުރަން ހަމަޖެހިފައިވަނީ ޖެޓީ ނަންބަރ 1 ކުންނެވެ.

މާލެއަށް ދަތުރު ކުރަނީ 60 މީހުންގެ ޖާގައިގެ 4 އިންޖީނުލީ ބޮޑު ލޯންޗެކެވެ. ޓިކެޓު ބައްލަވައިގަންނަވާއިރު ބޭނުން ތަނަކުން ޓިކެޓް ބައްލަވައިގަތުމުގެ އިޙްތިޔާރު ދަތުރުވެރިންނަށް ލިބިގެން ދާނެއެވެ. ލޯންޗުގައި ފްރީ ވައިފައިގެ ޚިދުމަތް ލިބެން ހުންނައިރު މާާލެ އަށް ކުރާ ދަތުރު ތަކުގައި ކެއުމުގެ އިންތިޒާމްވެސް ވަނީ ހަމަޖެހިފައެވެ.

މީގެން ކޮންމެ ރަށެއްގައިވެސް ފްލައިން ފިޝްގެ އެޖެންޓުން ތިބޭނެ އެވެ. ޓިކެޓު ނެގުމާއި އިތުރު މަޢުލޫމާތު ހޯދަންބޭނުން ވާނަމަ ރަށް ރަށުގެ އެޖެންޓުންނާއި ގުޅުއްވުން އެދެއެވެ.

މާލެ- އުތުރުގެ ދަތުރު ތަކުގެ އިތުރުން ފްލައިން ފިޝް އިން އަންނަނީ ށ އަތޮޅު ކަނޑިތީމް އަދި ގޮއިދޫއާއި ކުޅުދުއްފުށި ސިޓީ އާއި ދެމެދު ކޮންމެ ހަފްތާއަކު ހޮނިހިރު، ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ސެޑިއުލް ދަތުރުތަކެއް ކުރަމުންނެވެ.

ޚިދުމަތް ދިނުމުގައި ގިނަބަޔެއްގެ އިތުބާރާއި ޔަގީންކަން ހޯދާފައިވަނީ ފްލައިން ފިޝްގެ ޚިދުމަތަކީ ޒަމާނާއި އެއްގޮތަށް ދަތުރުވެރިން ބޭނުންވާ ލުއި ފަސޭހަތަކާއި އެކު ޚިދުމަތްދޭ ފަރާތަކަށް ވީތީއެވެ. އެގޮތުން ފޮލޯމީ.އެމްވީ އިން ލޯންޗު ދަތުރުކުރަމުންދާ މިސްރާބާއި ލޯންޗުއޮތްތަން ވަގުތުން ބަލާލެވެ.

މާލެ ކުޅުދުއްފުށި ފެރީގެ އިތުރުން ފްލައިން ފިޝް އިން އަންނަނީ ހދ އަދި ށ އަތޮޅުގެ ޕްރައިވެޓް ދަތުރުތައްވެސް ވަރަށް އަގުހެޔޮކޮން ކުރަމުން ނެވެ.

ފްލައިން ފިޝް އާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުމަށް "ފްލައިން ފިޝް" ގެ ފޭސްބުކް ޕޭޖް އަދި ވައިބަރ ކޮމިއުނިޓީ އަށް ގުޅިވަޑައިގަތުމުން ލިބޭނެއެވެ. ނުވަތަ ފްލައިން ފިޝްގެ ހޮޓްލައިން 7910799، 9151727, 9729501 އަށް ގުޅުއްވުމުން ލިބޭނެކަމަށް އެފަރާތުން ހާމަކުރެއެވެ.