ޖެންޑަރ މިނިސްޓަރ ސިދާތާ ޝަރީފް ވަކިކޮށްފައި ހޯރަ އިއްބެއާއި ޖެންޑަރ މިނިސްޓްރީ ހަވާލުކުރަން ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ގޮވާލައިފި އެވެ.
މޮސްޓާ މިހެން ގޮވާލީ ޖެންޑާ މިނިސްޓްރީގެ އިހުމާލާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް މަޖިލީހުގެ އިއްޔެގެ ޖަލްސާ އަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގަ އެވެ.
ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން މޮސްޓާ ބުނެފައި ވަނީ މި މައްސަލައަކީ އެ ސަރުކާރު، މި ސަރުކާރު، ކުރީ ސަރުކާރު ކިޔައިގެން ފުއްދާލެވޭ ވަރަށްވުރެ މާ ސީރިޔަސް މައްސަލައެއްކަމަށާއި މި ސަރުކާރު އައި ފަހުން ވެސް 12 ވަރަކަށް މަސް ދުވަސްވެގެން ދާއިރު އަދިވެސް ފިޔަވަޅުނޭޅި ހުރި ކަންތައްތަކުގައިކަމަށެވެ.
އަޅުގަނޑަށް ފެންނަނީ އެންމެ ފުރަތަމައިނުން މި ސަރުކާރު އައިއްސަ، ކުޑަކުއްޖަކާ ބެހިގެން ޖަލުގައި އޮތް މީހަކަށް ހުކުންކޮށްފައި އޮއްވާ ހުކުން ލުއިކޮށްދީފައި އޭނަ ދޫކޮށްލުން. އެހެންވީމާ، އެއީ ހަދިޔާއެއްބާ ސަރުކާރުން ދިން؟ ކުޑަކުދިންނާ ބެހެންވީމާ، މިހާރު ޖެންޑަރ މިނިސްޓަރ ސިދާތާ ވަކިކޮށްފައި ހޯރަ އިއްބެއާ މިނިސްޓްރީ ހަވާލުކުރަންވީނޫންތޯ؟ ފުރަތަމަ ކަމަކަށް. އޭރުން ޖެންޑަރ މިނިސްޓްރީ ހިނގާނެ ކަމަށް ބެލެވެނީ ވަރަށް ރަނގަޅަށް.
ކުއްލިމައްސަލައަށް ބަހުސް ކުރަމުން މޮސްޓާ ބުނެފައިވެއެވެ.
ސަރުކާރުތައް އެކަން ނުކުރި، މިކަން ނުކުރި، އެބައި ދޫކޮށްލާފައި މިހާރުން މިހާރަށް ފިޔަވަޅުއަޅަން މޮސްޓާ ގޮވާލެއްވިއެވެ. ޖީލުތަކެއް ހަލާކުވެގެންދިއުމުގެ ކުރިން އެ ޖީލުތައް ރައްކާތެރިކުރަންވީނޫންތޯ ސުވާލު ކުރައްވަމުން މޮސްޓާ ވިދާޅުވީ ކުޑަކުދިންނާ ބެހޭ މީހުން ދަންޖައްސައި މަރަން ޖެހޭކަމަށާއި އެންމެ ރަނގަޅު ކަމަކީ އެއީކަމަށާއި އެއަށްވުރެން ރަނގަޅު ގޮތެއް ނޯންނާނެކަމަށެވެ.
އެހެންނޫނިއްޔާ މި ހުރިހާ ޖީލުތަކަށް ހަލާކުވެ، މަންމަ ދަރި ގައަށް އަރަނީ، ބައްޕަ ދަރި ގައަށް އަރަނީ، ކާފަ، މާމަ ނޫނީ ޓީޗަރުން އެހެން މީހުން އަރަނީ. މި ހުރިހާ ކަމެއް ވެގެންދާއިރު ކިތައް ކުދިންގެ މަޢުޞޫމް ކިތައް ކުދިންގެތޯ ދިރިއުޅުން ހަލާކުވެގެން މި ދަނީ. އެ ކުދިންގެ މުސްތަޤުބަލު، މުޅި އުމުރު އެ ކުއްޖާ މި ހޭދަކުރަންޖެހެނީ އެ ކުއްޖާއަށް
48 ދެން ވާނީ ކިހިނެއްތޯ. ފާޚާނާ ބޮކި ނިއްވައިލައިފިއްޔާ، ގޭ ކޮޓަރި ބޮކި ނިއްވައިލައިފިއްޔާ، ސިޓިންރޫމް ބޮކި ނިއްވައިލައިފިއްޔާ ހާސްކަމެއްގެ ތެރޭގައި މުޅި އުމުރު ހޭދަކުރަން މި ޖެހެނީ.
މޮސްޓާގެ ބަހުސްގައި ބުނެފައި ވެއެވެ.
އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ އެންމެ ބޮޑަށް އޯގާތެރިވެގެން އުޅޭ އެއްވެސް ބަޔަކަށް، އިހަށްދުވަހު 2 އަހަރު ކުއްޖާއަށް ޖިންސީ ގޯނާކުރީމަ ބަޔާނެއް ވެސް ނެރެލަން ނުކެރުނުކަމަށްބުނެ ފާޑު ކިޔާފައިވާއިރު އެވަރު ކުރަން ނުކުރެނު ބަޔަކު ދެން މިއަދު އައިއްސަ މިތާ ކުޑަކުދިންގެ ޙައްގޭ، އެހެން އެއްޗެކޭ ކީމަ ވަރަށް ހަޑި ކަމަށް ބަހުސްގައި ބުނެފައި ވެއެވެ.
އެއް ބަޔަކު ބޮލުގައި ކަންތައްތައް ނާޅުވައި، މިހާރުން މިހާރަށް ބާރު ލިބިފައި އޮއްވާ، އެއްކަލަ 65 މެންބަރުންނޭ، ސްޕަރ މެޖޯރިޓީއޭ. ސްޕަރ މެޖޯރިޓީން މިކަން ކުރަންވީނޫންތޯ ބަޔަކާ މިކަން ހަވާލުނުކޮށް.
އެމްޑީޕީއަށް ފާޑު ކިޔަމުން މޮސްޓަރ ބުނެފައި ވެއެވެ.
ކުއްލި މައްސަލައިގައި ފާހަގަކޮށްފައި ވަނީ މައިގަނޑު ދެ ކަމެކެވެ. އެއީ ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއްް ހިޝާނަށް ކުރެވޭ ކަން އެނގި ތިބެ، އޭނާ އަށް އޮނަރަރީ ޑިސެބިލިޓީ އެމްބެސެޑަރުކަން ދިން ދިނުމެވެ. އަނެއް ކަމަކީ 19 އަހަރުގެ ޒުވާނާގެ ބެލެނިވެރިކަން ހޯދަން ފެމިލީ ކޯޓުން ނަގައި ނުދިނުމުން ވެސް އޭނާ އެ ޒުވާނާ ގޮވައިގެން އުޅުނު އިރު، އެ ޒުވާނާ ހިމާޔަތް ކުރަން އެއްވެސް ކަމެއް ނުކޮށް އޮތުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!