ޗެމްޕިއަން މެންޗެސްޓަ ސިޓީ ޓޮޓެންހަމް އަތްދަށުވިއިރު އާސެނަލް އެއްވަރު

3E1521CA-CA62-48A6-8DDC-E7B8E6CFC30E

އިނގްލިޝް ޕްރިމިއަރ ލީގުގައި މިވަގުތު ތާވަލްގެ ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ރޭ ޓޮޓެންހަމް ހޮޓްސްޕަރސް އަތުން ބަލިވެއްޖެއެވެ.

ޓޮޓެންހަމްގެ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުން ސިޓީ އަތުން ޓޮޓެންހަމް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗްގައި ސިޓީއަށް ޕެނެލްޓީއެއް ލިބި ކާމިޔާބުކުރެވޭގޮތް ވަނީ ނުވެފައެވެ.

މެޗްގެ 60 ވަނަ މިނިޓްގައި ސިޓީގެ ޒިންޗެންކޯއަށްވަނީ ދެވަނަ ރީނދޫކާޑަކާއިއެކު ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. ޓޮޓެންހަމްގެ ދެ ގޯލްވެސް ފެނިގެނަދިޔައީ މެޗްގެ ދެވަނަ ހާފްގައި ސިޓީގެ ޒިންޗެންކޯއަށް ދެއްކި ރަތް ކާޑަށް ފަހުއެވެ.

މެޗްގެ ފުރަތަމަ ގޯލް ލޫކަސް މޯރާ ތަނަވަސްކޮށްދިން ފުރުސަތަކުން 63 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ސްޓީވަންއެވެ. ދެވަނަ ގޯލް 71 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ސޮންއެވެ.

މެންޗެސްޓަރ ސިޓީ މިވަގުތު ތާވަލްގެ ދެވަނައިގައި އޮތީ ކުޅުނު 25 މެޗުން ލިބުނު 51 ޕޮއިންޓާއިއެކުއެވެ. އެއްވަނައިގައި އޮތް ލިވަޕޫލާއި ސިޓީއާއި ދެމެދު 22 ޕޮއިންޓްގެ ފަރަގެތް މިވަގުތު އެބައޮތެވެ. ޓޮޓެންހަމް 37 ޕޮއިންޓާއިއެކު އޮތީ ފަސްވަނައިގައެވެ.

ޕްރިމިއަރ ލީގުގައި ރޭ އާސެނަލް އަދި ބާންލޭ ކުޅުނު މެޗް ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި ދެޓީމް އެއްވަރު ވެގެންނެވެ. އާސެނަލްގެ ކޯޗުކަމާ މިކެލް އާޓެޓާ ހަވާލުވިފަހުން އާސެނަލްގެ ކުޅުން ރަނގަޅުވި ނަމަވެސް މިހާތަނަށް ލީގުގައި މޮޅުވެވިފައި ވަނީ މެންޗެސްޓަރ ޔުނައިޓެޑްގެ އަތުން އެކަންޏެވެ.

އާސެނަލް އަދި ބާންލޭއަށްވެސް .25 މެޗުން ލިބިފައިވަނީ 31 ޕޮއިންޓެވެ. އާސެނަލް ތާވަލްގެ 10 ވަނައިގައި އޮތްއިރު ބާންލޭ އޮތީ 11 ވަނައިގައެވެ. އާސެނަލްއަށް ކުރި ލިބެނީ ގޯލްގެ ތަފާތުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *