އާސަންދައިން ނަންބަރު އައިނު ހެދުމަށް ދޭ އެހީގެ އަދަދު 2000 ރުފިޔާއަށް ބޮޑުކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައި އެކަން ރޭ ޢިއުލާންކުރަށްވައިފިއެވެ.
މި ނިންމެވުން ރައީސް އިޢުލާންކުރެއްވީ، ދުނިޔޭގެ ސިއްޙަތު ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުޢިއްޒުގެ މި ނިންމެވުމާ އެކު، ކުރިއަށް އޮތް ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން، ކޮންމެ ދެ އަހަރަކުން އެއްފަހަރު އާސަންދައިން ލޮލުގެ ނަންބަރު އައިނު ހެދުމަށް 2000 ރުފިޔާގެ އެހީތެރިކަމެއް ލިބިގެންދާނެއެވެ.
މި ޚިދުމަތް ހޯދަން އާސަންދައިން މީގެ ކުރިން ދެމުން އައީ ދެ އަަހަރުން އެއް އަހަރު 1000ރ. ގެ އެހީތެރިކަމެކެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މި ބަދަލު ތަންފީޒުކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކަށް މިހާރު ވަނީ އަންގަވާފައެވެ.
ކޮންމެ ދެ އަހަރަކުން އެއް އަހަރަކު އާސަންދައިން އައިނު ހެދުމަށް ދެމުން އަންނަ 1000 ރުފިޔާ ބޮޑުކޮށް ދިނުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!