ނޭވާލާ ނިޒާމުގެ ތެރެއިން ފަސޭހައިން ގައިންގަޔަށް އަރާ ބަލިތައް ފެތުރުން މަދުކުރުމަށާއި އެފަދަ ބަލިތަކުގެ އައުޓްބްރޭކް ތަކުގައި މާސްކް ބޭނުންކުރުމަކީ ރަނގަޅު ކަމެކެވެ. ރަނގަޅު ކަމަކަށް ނުވަތަ ނާތަހުޒީބު ކަމަކަށް ވަނީ ބޭނުންކޮށްފައި މާސްކުތައް މަގުމައްޗަށް އުކުމެވެ.
އަޅުގަނޑުމެން ދިވެހިންނަކީ ގާތްގަޑަކަށް 100 އިންސައްތަ ލިޔަންކިޔަދަންނަ، އަދި ނިސްބަތުން ތަޢުލީމީ ހޭލުންތެރި އަދި ދުނިޔެއަށް ލޯހުޅުވޭ ތަހުޒީބު ރައްޔިތެކެވެ.
މިދެންނެވި ތަހުޒީބުކަން ޓެސްޓްކުރެވޭ އެކިއެކި ހާލަތްތައް މި ޤައުމު އަންނަނީ ތަޖުރިބާ ކުރަމުންނެވެ.
ބައެއް ފަހަރު ބޮޑުތަނުން އަޅުގަނޑުމެން ވަނީ ފެއިލްވެފައެވެ. ނަމަވެސް ގިނަ އިމްތިހާނުތަކުން އަޅުގަނޑުމެން ވަނީ ފާސްވެފައެވެ. މިއީވެސް ތަޢުލީމީ ތަހުޒީބު މުޖުތަމަޢުއެއްކަން ސާބިތުކޮށްދޭންޖެހޭ ވަގުތެކެވެ.
ދާދިފަހުން ކުރިމަތިވި ސާސްރޯގާގެ ދުވަސްވަރު ހިތްޕުޅަށް ގެންނަވާށެވެ. މާސްކުގެ ޑިމާންޑާއެއްވަށް އޮތީ ރާއްޖެ އެތެރެ ނުކުރެވިފައެވެ. ގިނަބަޔަކު މާސްކު ބޭނުންކުރަން ފެށުމުން، ބޭނުންކޮށްފައި ހުންނަ މާސްކުތައް ދެން ފެންނަންފެށީ ކުނީގެގޮތުގައި މަގުތައްމަޗަށް އުކާލާފައި ހުއްޓައެވެ. އެއީ ތަހުޒީބު ބަޔަކުގެ ތެރެއިން ފެންނާނެ ކަމެއްނޫނެވެ.
ކުރީ ފަހަރު ސާސް އެވެ. މިފަހަރު ކްރޯނާއެވެ. މިފަހަރު ވެސް ބޭނުންކޮށްފައި ހުންނަ މާސްކުތައް ފެންނާނީ މަގުތައްމަތިން ބާވައެވެ.
يا الله
މި ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުން ކޮރޯނާ ވައިރަސް އިން
ރައްކާތެރި ކުރައްވާށި
أمين 🤲
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!