ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކަސްޓަމާ ސާވިސް ޑައިރެކްޓަރުގެ މަގާމަށް ގުލްނާޒް މާހިރު ހަމަޖައްސައިފި އެވެ.
ގައުމީ ބޭންކުން ބުނީ ގުލްނާޒް އެ ބޭންކާއި ގުޅި ވަަޑައިގަތީ 13 އަހަރު ދުވަހު ކަސްޓަމާ އެކްސްޕީރިއަންސް މެނޭޖުމަންޓުގެ ދާއިރާގައި މަސައްކަތް ކުރެއްވުމަށް ފަހު ކަމަށެވެ. އޭގެ އިތުރުން ވެސް ޑިޖިޓަލް ޓްރާންސްފޮމޭޝަން އަދި ރެވެނިއުގެ ދާއިރާގައި ވެސް ޖުލްނާޒް މަސައްކަތް ކުރައްވާފައިވެއެވެ.
ގުލްނާޒް ވަނީ އިކޮނޮމިކްސް އެންޑް ފައިނޭންސް ގެ ދާއިރާއިން ޔުނިވާސިޓީ އޮފް ބްރިސްޓަލް އިން މާސްޓާސް ޑިގުރީ ހާސިލު ކުރައްވާފައެވެ. ބޭންކާއި ގުޅުމުގެ ކުރިން ގުލްނާޒް އަކީ އުރީދޫ މޯލްޑިވްސްގެ ކަސްޓަމާ ސާވިސްގެ އެންމެ އިސްވެރިއާއެވެ.
We are pleased to welcome Ms. Gulnaz Mahir as our Director of Customer Service!
Gulnaz joins us with over 13 years’ experience in the field of customer experience management, digital transformation and revenue management.
View more: https://t.co/aqiFrFu6eP pic.twitter.com/6jVqraPSUi
— Bank of Maldives (@bankofmaldives) February 2, 2020
ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު ބޭންކެވެ. އަދި އެ ބޭންކުގެ 99 ޕަރސަންޓު މުވައްޒަފުންނަކީ ދިވެހިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!