މިއަދު މާލޭގެ މ. ހައުސް ޕްލާޒާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 55 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފިއެވެ.
މި ހާދިސާގައި ދެ ގެއެއްގެ މައި ފެންހޮޅިއަށް ލިބުނު ގެއްލުމާ ގުޅިގެން، އެ ގެތަކުގައި ދިރިއުޅޭ މީހުންނަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ) އިން ވަނީވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފައެވެ.
މިކަމާއި ގުޅިގެން އެންޑީއެމްއޭ އިން މިއަދު ބުނެފައިވާ ގޮތުގައި، މި 55 މީހުންގެ ތެރޭގައި 20 ބިދޭސީން ހިމެނެއެވެ.
މި ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވަނީ ފެންހޮޅިތަކަށް ލިބުނު ގެއްލުން މަރާމާތުކޮށް ނިމެންދެނެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އޮފިސަރުން ބައިވެރިވެފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ. އަދި ހާދިސާ ހިނގި ސަރަހައްދު ރައްކާތެރިކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް އެ އޮތޯރިޓީން މަޢުލޫމާތު ދީފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!