"ވިޒިޓް މޯލްޑިވްސް ފްރޮމް ހާޓުސީނު" އިފްތިހާހް ކޮށްފި އެވެ.
އެމްއެމްޕީއާރްސީ އާއި "ހާޓުސީނު" ގުޅިގެން ގެނެސްދޭ "ވިޒިޓް މޯލްޑިވްސް ފްރޮމް ހާޓުސީނު" ޓްރެވަލް ޑޮކިއުމަންޓްރީގެ އިފްތިހާހް ކޮށްފައިވަނީ ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ހަފްލާއެއްގައެވެ.

ޑޮކިއުމަންޓްރީ ވީލޮގް "ވިޒިޓް މޯލްޑިސް ފްރޮމް ހާޓުސީން" އަކީ ހަޤީޤީ ރާއްޖެ ފަތުރުވެރިންނަށް ދައްކާލުމުގެ މަގްސަދުގައި ގެނެސްދޭ ޑޮކިއުމަންޓްރީއެކެވެ.

ހާޓުސީންގެ ފައުންޑަރ އަލީ ހަމީދު ބުނީ، އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހާ ހަމައަށް ހއ، ހދ އަދި ށ އަތޮޅުގެ ރަށްރަށުގައި މި ޓްރެވަލް ޑޮކިއުމަންޓްރީގެ މަސައްކަތް ކުރިއަށްދާނެކަމަށާއި މިވީލޮގް ތަކުގެ ސަބަބުން ރާއްޖެއަށް އަންނަން ގަސްތުކުރާ ފަތުރުވެރިންނަށް ރާއްޖޭގެ ރީތިކަމާއި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭ ވީލޮގެއް ކަމަށެވެ. އަދި މި ވީލޮގުގައި ދައްކައިދޭނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި، ރަށްފުށުގެ ދިރިއުޅުން ކަމަށްވެސް ބުނެފައިވެއެވެ.

މި ވީލޮގް ނެގުމަށްޓަކައި ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނަށް ދެއަހަރު ބައިގެ މުއްދަތެއްހެ ތެރޭ ކުރާ މި ދަތުރުގެ ބޭނުމަކީ ފަތުރުވެރިންނަށް ރާއްޖޭގެ ރަށްތައް އޮންނަ ގޮތާއި ރަށްރަށުގައި ފަތުރުވެރިންނަށް ކުރެވެން ހުރި ތަޖުރިބާތައް އަންގައިދިނުން ކަމަށް އެޓީމުން ބުނެއެވެ.

ޖުމްލަ 41 އެޕިސޯޑްގެ މައްޗަށް ތައްޔާރުކުރާ މި ސީޒަންގެ ކޮންމެ އެޕިސޯޑެއްގައި 45 މިނިޓްގެ ޑޮކިއުމެންޓްރީއެއް ދެއްކުމަށް ހަމަޖެހިފައިވާއިރު، ދަތުރު ކުރިއަށްދާއިރު ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާ ޕްލެޓް ފޯމްތަކާއި ވެބްސައިޓް މެދުވެރިކޮށް އަޕްޑޭޓް ކުރެވެމުންދާނެ އެވެ.

"ހާޓުސީން"ގެ އެކްސްލޫސިވް ޓައިޓަލް ސޮޕޮންސަރ އަކީ "ވިޒިޓް މޯލްޑިވްސް" އެމްއެމްޕީއާރުސީއެވެ.
އެކްސްލޫސިވް އޯޝަން ބްރޭންޑް އަކީ "މާރެސް- ޖުސްޓް އެޑް ވޯޓަރ" އެވެ. އެކްސްލޫސިވް ވީޑިއޯ އިކުއިޕްމެންޓް ޕާރޓްނަ އަކީ "ސްޓަރބިސިސް" އެވެ. އެކްސްލޫސިވް ބްރޭންޑިން މާރޗަންޑައިސް ޕާރޓްނަރއަކީ "އައިހާ" އެވެ. އެކްސްލޫސިވް އިވެންޓް އޮރގަނައިޒަރސް އަކީ "އޮބްޖެކްޓްސް "އެވެ. ސީޒަން ވަންގެ އޮފިޝަލް އޮންލައިން ޕާރޓްނަރ އަކީ "ތިލަދުން" އެވެ.

ވޭތުވެދިޔަ އަހަރަކީ ރާއްޖޭގެ ފަތުރުކަމުގެ ސިނާއަތުގެ އެންމެ ކާމިޔާބު އަހަރުކަން ބަޔާންކޮށް އެމްއެމްޕީއާރްސީން ބުނީ، ސަރުކާރުން ކަނޑައެދި 1.5 މިލިއަންފަތުރުވެރިންގެ އަމާޒު ލަފާކުރި ތާރީހުގެ 33 ދުވަސްކުރިން ހާސިލްކުރެވުނުއިރު، މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށްރާއްޖެ ވަނީ 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. މިއީ 2013 ވަނަ އަހަރާއި އަޅާބަލާއިރު 14.7 އިންސައްތައިގެ ކުރިއެރުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!