އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ކޮންމެ އަހަރަކު ބާއްވާ "ރޯދަ ސޭލް" ގެ މި އަހަރުގެ ޕްރޮމޯޝަން މިއަދު ފަށައިފިއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން މާރިޗް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި އަހަރުގެ ރޯދަ ސޭލްގައި އެސްޓީއޯ ކޮންސްޓްރަކްޝަނުން ވިއްކާ ގިނަ މުދަލެއް ހެޔޮ އަގުގައި ލިބެން ހުންނާނެއެވެ. ޚާއްޞަކޮށް މަކިޓާ ޓޫލްސްގެ އުފެއްދުންތަކަށް 50 އިންސައްތައާ ހަމައަށް ޑިސްކައުންޓު ލިބޭނެއެވެ. މީގެ އިތުރުން ނިޕޯން ޕެއިންޓުގެ އުފެއްދުންތަކަށް 20 އިންސައްތައާ ހަމައަށް ޑިސްކައުންޓު ލިބޭނެކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.
މި އަހަރުގެ ރޯދަ ސޭލް އެސްޓީއޯއިން ކުރިއަށް ގެންދަނީ ވެލިގާ ހާޑްވެއާއާ ގުޅިގެންނެވެ. ނިޕޯން ޕެއިންޓުގެ ޕްރޮމޯޝަން ވެސް ކުރިއަށް ގެންދަނީ ވެލިގާ ހާޑްވެއާއާ ގުޅިގެންނެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް 50,000 ރުފިޔާގެ ވައުޗަރެއް ލިބޭނެ ކަމަށް އެސްޓީއޯއިން ހާމަކޮށްފައިވެއެވެ.
ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް ބޭއްވޭ މި ސޭލްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޝޯރޫމަށް ޒިޔާރަތްކޮށް މި ޚާއްޞަ އަގުތަކުގެ ފައިދާ ލިބިގަނެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!