ހދ. އަތޮޅު ކައުންސިލްގެ ރައީސްކަމަށް އަލަށް އިންތިހާބުވެވަޑައިގެންނެވި، މުހައްމަދު ވަހީދު މަގާމުގެ ހުވާކުރައްވައިފިއެވެ.
މަގާމާއި ހުވާކުރެއްވުމަށް ފަހު މި ނޫހާއި ވާހަކަފުޅު ދައްކަމުން ވަހީދު ވިދާޅުވީ، އެންމެ އިސްކަމެއް ދެއްވާނީ މަގާމުގެ މައްސޫލިއްޔަތު ފުރިހަމައަށް އްދާކުރައްވަން ކަމަށެވެ.
ހާއްސަކޮށް ސަރުކާރާއި ގުޅިގެން، ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވައިގެން އަތޮޅާއި ރައްޔިތުންނަށް ކުރިއެރުން ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވަހީދު ވިދާޅުވިއެވެ.
ވަހީދު އިތުރަށް ވިދާޅުވީ ހދ.އަތޮޅުގައި ފަތުރުވެރިކަން ކުރިއެރުވުމަކީ އަމާޒެއް ކަމަށާއި، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ނިމިގެން އަންނައިރު، އަތޮޅުގައި ފަތުރުވެރިކަން ކުރިއަރައި ރައްޔިތުންނަށް އޭގެ މަންފާ އެންމެ ފުރިހަމަ ގޮތެއްގައި ލިބޭނޭގޮތް ވެގެން ދިޔުމަކީ ވަރަށް ބޮޑު އުންމީދެއްގެ ގޮތުގައި އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!