ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކުތަކުން ބޭނުންވާ ބޭހާއި ފަރުވާ އާސަންދަ މެދުވެރިކޮށް ލިބޭނެކަމަށް ސިއްހަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަމުންދާ މުހިއްމު މަސައްކަތްތަކާގުޅޭގޮތުން މަޢުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

Ad
rt

ވަޒީރުގެ ވާހަކާގައި ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަމަށް ކުރަންޖެހޭ އެންމެ މުހިއްމު މަސައްކަތަކީ، ބަލިތަކާއި ބަލިތަކަށް ހުށްހެޅޭ އާދަތަކުން ދުރުހެލިވުމެވެ. މިކަމަށް މަގުފަހި ކުރުމަށް ސަރުކާރުން ކުރަންޖެހޭ ކަންކަން ސަރުކާރުގެ އެނެމެ މަތީ ފެންވަރުގައ،- ސީދާ ރައީސް ޑރ. މުޢިއްޒުގެ އިސްނެންގެވުމާއި އެކު އަދި ކެބިނެޓްގައި ހިމެނޭ ހުރިހާ ދާއިރާއެއްގެ ބައިވެރިވުމާއިއެކު މިހާރު މިދަނީ ކުރަމުންކަމަށް ވަޒީރު ވިދާޅުވިއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނުން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ޙައްޤުތަށް އެންމެ ފުރިހަމަ މާނާގައި ފޯރުކޮށްދިނުމަށާއި، ތަންފީޒީ އިދާރާތަކުގެ ޒިންމާތަށް ފުރިހަމައަށް އަދާކުރުމަށް މަގުފަހިކުރުމަށް ޤާނޫނަށް ގެންނަންޖެހޭ މުހިއްމު ބަދަލުތަށް ގެނެސްފައިވާކަން ފާހަގަކުރަށްވައި، ވަޒީރު ނާޒިމް ވަނީ ވޭޕް ރާއްޖޭގައި މަނާކުރުމަށް ބެލެނިެރިންނަކާއި ޞިއްޙަތަށް މަސައްކަތް ކުރާ ޖަމްޢިއްޔާތަކުން ސަރުކާރަށް ގޮވާލި ގޮވާލަމުށް ސަރުކާރުން އިޖާބާދީފައިވާކަން ވެސް ފާހަގަކުރަށްވާފައެވެ.

ދުންފަތުގެ އިސްތިޢުމާލުކުރުމަށް އާދަވެފައިވާ ފަރާތްތަކަށް އެކަން ހުއްޓާލުމަށް ބޭނުންވާ އެހީތެރިކަން މުޅިރާއްޖޭގައި ލިބޭނޭހެން ސެޒޭޝަންގެ ޚިދުމަތް ޤާއިމުކުރުމަށް ކެބިނެޓުން ވަނީ ނިންމާފައިވާކަން ފާހަގަކުރަށްވައި، ޚިދުމަތްދިނުމަށް ބޭނުންވާ މީހުން ތަމްރީން ކުރެވިފައިކަމަށް ވަޒީރު ވަނީ ފާހަގަ ކުރަށްވާފައެވެ. އަދި މިކަމަށް ބޭނުންވާ ނިކޮޓިން ޕެޗް އަދި ގަމް އަދި އެހެނިހެން ފަރުވާވެސް އާސަންދައިން ކަވަރ ކުރާނެކަމަށް ވިދާޅުވިއެވެ.

ވަޒީރު ނާޒިމްގެ ވާހަކާގައި ވަނީ ސެޒޭޝަންގެ ޚިދުމަތް ފަސޭހައިން ލިބޭނޭގޮތް ހެދުމަށްޓަކައި ކްއިޓްލައިންއެއް ޤާއިމުކޮށް، މި އަންނަ އާދީއްތަ ދުވަހުން ފެށިގެން މިޚިދުމަތް ލިބެންފަށާނެކަން ވެސް ޢިއުލާން ކުރަށްވާފައެވެ.

މީގެ އިތުރުން ދުންފަތް ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތަށް ރޭވުންތެރިކަމާއި، ނަތީޖާ ލިބޭނެ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ފަސް އަހަރުގެ ޕްލޭން އެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަކަން ވެސް ވަޒީރު ވަނީ ހާމަކުރަށްވާފައެވެ.