18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކު 4 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ނޯތު ސެންޓްރަލް ޕޮލިސް (ކ. އއ. އދ. ވ) ގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކު 4 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ރިޕޯޓުކުރެވިފައިވާ ކަމަށެވެ.

Ad
rt

ފުލުހުންނަށް މި މައްސަލަ ރިޕޯޓްކޮށްފައި ވަނީ މި ނޮވެމްބަރު 21 ވަނަ ދުވަހުއެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހްގީގު ކުރަމުން އަންނަކަމަށެވެ.

ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ވަރަށް ސީރިއަސް މައްސަލަތަކަށްވާތީ، ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން މި ހާދިސާ ހިނގި އަތޮޅާއި ރަށް ހާމަ ނުކުރާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވެއެވެ.