ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ހިންގުމަށް މި ސަރުކާރުން ހިއްކަންފެށި، "ރަސްމާލެ" ހިއްކުމުގެ މަސައްކަތް އަލުން ފަށައިފިއެވެ.
ރަސްމާލެ ހިއްކަން އަލުން ފެށިކަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ވަނީ ހާމަކޮށްފައެވެ.
ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢު، "ރަސްމާލެ" ބިންހިއްކުމުގެ މި މަޝްރޫއު ރައީސް ޑރ. މުހައްމަދު އިފްތިތާހްކޮށްދެއްވާފައި ވަނީ 18 ޑިސެމްބަރު 2023 ގައެވެ.
ފުށިދިއްގަރުފަޅުގައި މި ސަހަރު ބިނާކުރުމުގެ މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބިން ގާތްގަނޑަކަށް އަށް މަސް ދުވަހުގެ ތެރޭގައި ހިއްކާ ނިންމޭނެ ކަމަށް ސަރުކާރުން އޭރު ލަފާކުރިއެވެ.
ރަސްމާލެ މަޝްރޫއު ހިއްކަން ހަވާލުކޮށްފައި ވަނީ ކެޕިޓަލް މެރިން އެންޑް އިންވެސްޓްމަންޓް (ސީއެމްސީ) އަށެވެ.
އެތަން ހިއްކަން އަލުން ފަށާފައި ވަނީ ހައެއްކަ މަސް ދުވަހުގެ މެދު ކެނޑުމަކަށް ފަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!