ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ތިން މަޝްރޫއުއެއްގެ މަސައްކަތުގެ ސާރވޭ ހެދުމާއި ޑިޒައިން މަސައްކަތް ކުރުމަށް ޑެންމާކުގެ އެމްޓީ ހޯގާޑް ކުންފުންޏާއި ހަވާލުކޮށްފިއެވެ.

ހޯގާޑް ކުންފުނީގެ ސީއެސްއާރްގެ ދަށުން މި މަސައްކަތްތައް ކުރުމަށް އެކުންފުނީގެ ފަރާތުން ސަރުކާރަށް ހުށައެޅުމުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ހުއްދަ ދީފައިވަނީ މިއަދުއެވެ.

Ad
rt

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މި ތިން މަޝްރޫއުތެރޭގައި ހިމެނެނީ ބާރަށު ޖެޓީ މަރާމާތު ކުރުމާއި، ބާރަށުގައި މަސްވެރިންނަށް ހާއްސަ މަސްޖެޓީއެއް ތަރައްގީ ކުރުމުގެ އިތުރުން ބާރަށުގެ ވަށައިގެން އޮންނަ ރިންގްރޯޑްގައި ތާރު އަޅައިގެން ތަރައްގީ ކުރުމެވެ.

މިމަސައްކަތް ކުރުމަށް ހޯގާޑް ކުންފުނީގެ ފަރާތުން އަންނަ ހަފްތާގައި ބާރަށަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.